ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް ރައީސްއަކަށް ހުންނެވިއިރު އޭރު އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުއާއެކު މަޖިލިސް އިދާރާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)

2 އިންތިހާބު އެއްކޮށްލަން ނަޝީދު ތާއީދު

ރިޔާސީ އިންތިހާބާ އެކު މަޖިލިސް އިންތިހާބު ބާއްވަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ކުރީގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުވާ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.

ތަފްސީލް - އެ އިސްލާހަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ނަޝީދު މިއަދު 'އެކްސް'ގައި ވިދާޅުވީ އެއީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ރިޔާސީ އިންތިހާބާ އެކުގައި ކަމަށެވެ.

މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ.

މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު ފެށުނީ 28 މެއި 2024ގަ އެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އެ މެންބަރުންގެ ފަސް އަހަރު ދައުރު ހަމަވާނީ މެއި 2029 އަށެވެ.

ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އުމުރު ފެށޭނީ މެއި މަހުގެ ބަދަލުގައި 1 ޑިސެމްބަރުން ފެށިގެން ފަސް އަހަރުދުވަހަށެވެ. އަދި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ އެވެ.

އެނގުން މުހިންމު - ގާނޫނުއަސާސީއަށް އެ އިސްލާހު ހުށަހަޅަން މާދަމާ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް