ރައީސް މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ޕާޓީ ޕީއެންސީގެ ޖަލްސާއެއްގައި ( ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އާ އަަހަރު

މި އަހަރު ވާނީ ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދިނުމުގައި އިތުރު ކާމިޔާބީ ހާސިލްކުރާނެ އަހަރަކަށް: ރައީސް

ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ގައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ގާބިލް ދިވެހި ދަރީންތަކެއް ވެސް ބިނާކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވި

މި އަހަރު ވާނީ ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދިނުމުގައި އިތުރު ކާމިޔާބީތަކެއް ހާސިލްކުރާނެ އަހަރަކަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މީލާދީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ އާ އަހަރެއްގެ ފެށުމަކީ ފަރުދީ އަދި އިޖުތިމާއީ ގޮތުން ވެސް ތިމާ އުފަންވި ގައުމަށް ކޮށްދެވޭނެ ހިދުމަތްތައް ވިސްނާ އެންމެންގެ ލާބައަށް މަސައްކަތްކުރަން އަޒުމް އާކުރުމުގެ ވަގުތު ކަމަށެވެ.

ތަފްސީލް - ރައީސް މުއިއްޒު ވިދާޅުވީ އެންމެ ކުރިން ފެށިގެން ވެސް މިއަދާ ހަމަޔަށް ފެންނަން އޮތް އެއް ހަގީގަތަކީ އެއް އަހަރަށް ވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލުވޭތޯ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިން ގަދައަޅައި މަސައްކަތްކުރަމުން ދިޔަކަން ކަމަށެވެ. ގައުމުގެ ތަމައްދުނާއި ތަރައްގީއަށް އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް، ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކު ވެސް ދިވެހިން ހިތްވަރު ކުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުން އަބަދުމެ ދެމިތިބޭނީ، މި ރޫހާއި މި ވިސްނުމުގައި. ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ގައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ގާބިލް ދިވެހި ދަރީންތަކެއް ވެސް ބިނާކޮށްދިނުން. ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުން،" ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް