ފިލްމީ ތަރި އަދި ޑިރެކްޓަރު އަހުމަދު ނިމާލް

ފިލްމީ ތަރި ނިމާލަށް ސްޓްރޯކެއް ޖެހި އޭޑީކޭގައި ފަރުވާދެނީ

އަހުމަދު ނިމާލަކީ ތަޖުރިބާކާރު އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް؛ އޭނާ ވަނީ ބައެއް ފިލްމުތަކަށް ވާހަކަ ވެސް ލިޔެފައި

ދިވެހި ފިލްމީ ފަންނާނު އަހުމަދު ނިމާލަށް ސްޓްރޯކެއް ޖެހި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ.

ވީ ކިހިނެއް؟ - ނިމާލަށް ސްޓްރޯކެއް ޖެހުނީ ރޭގެ ވަގުތެއްގަ އެވެ. އޭނާއަށް އަވަސް ޝިފާއަކަށް އެދި ފިލްމީ ދާއިރާގެ ފަންނާނުންނާއި އެކުވެރިން އަދި ހެޔޮއެދޭ ފަރާތްތަކުން އަންނަނީ ހެޔޮ ދުއާ ފޮނުވަމުންނެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ކްރިޓިކަލް އެވެ. ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.

ތަފްސީލް- ނިމާލަކީ ތަޖުރިބާކާރު އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެކެވެ. ބައެއް ފިލްމުތަކުގައި ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނެގި އެވެ. މީގެ އިތުރުން އޭނާ ވަނީ ބައެއް ފިލްމުތަކަށް ވާހަކަ ވެސް ލިޔެދީފަ އެވެ. މިފަހުން ނިކުތް ގިނަ ފިލްމުތަކުގެ މުހިންމު ރޯލުތަކުން ވެސް އޭނާ ފެނުނެވެ.

އަހުމަދު ނިމާލް އާއި އޭނާގެ އަންހެނުން ފާތުމަތު ރަމީޒާ ކުޅެފައިވާ ލަވައެއް

ނިމާލް ފިލްމީ ދާއިރާއަށް ނުކުތީ 1984ގައި ފިލްމު 'ނުފޫޒު'ންނެވެ. އޭގެ ފަހުން އޭރު މަޝްހޫރުވި ގިނަ ލަވަތަކެއްގައި ވެސް އެކްޓްކުރި އެވެ. 

ނިމާލްގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި 'ޒަލްޒަލާ'، 'ހިތް އެދެނީ'، 'ސަބަބު'، 'ރާނީ'، 'ނިއުމާ' އަދި 'ކަނބުލޮ' ފާހަގަކުރެވެ އެވެ.

އޭނާ ވަނީ ގައުމީ ފިލްމު އެވޯޑު ވެސް ހާސިލްކޮށްފަ އެވެ.

މީގެ އިތުރުން 1991ގައި ގައުމީ އެވޯޑު ވެސް ލިބުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް