މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މޯލްޑިވްސް ފުޑް އެންޑް ކަލްޗާ ފެސްޓިވަލް

އާ އަަހަރު

އާ އަހަރު ފާހަގަ ކުރަން ހުޅުމާލޭގައި 3 ދުވަހުގެ ފެސްޓިވަލެއް

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ 'މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް'ގައި ކުޑަކުދިންނާއި ޒުވާނުންނަށް އަދި އާއިލާތަކަށް ކަމުދާނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ

ބުރާސްފަތި ދުވަހު ފެށޭ އާ އަހަރަށް މަރުހަބާ ކިޔުމަށް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހުޅުމާލޭގައި ހާއްސަ ފެސްޓިވަލެއް ކުރިއަށް ގެންދަން ސަރުކާރުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ވިޒިޓް މޯލްޑިވްސް އިން އިސްނަގައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ 'މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް'ގައި ކުޑަކުދިންނާއި ޒުވާނުންނަށް އަދި އާއިލާތަކަށް ކަމުދާނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.

ތަފްސީލް - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ މި ފެސްޓިވަލް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިއީ ވަރަށް ގިނަ ކަންކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މިދިޔަ އަހަރު އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފެސްޓިވަލަށް ލިބުނު ކާމިޔާބީއާ އެކު މި އަހަރުގެ ހަރަކާތް ތިން ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

"މިއީ ދިވެހިންގެ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ކާމިޔާބީ ސެލެބްރޭޓު ކުރުމުގެ ފެސްޓިވަލެއް،" ޝިއުރީ ވިދާޅުވި އެވެ.

މި ފެސްޓިވަލްގައި ފުޑް ސްޓޯލްތަކުގެ އިތުރުން ކުޑަކުދިންނަށް ކަމުދާނެ ކުޅިވަރުތައް ވެސް ކުރިއަށް ގެންދާނެ އެވެ.

މީގެ އިތުރުން:

  • މާދަމާރޭ 9 ޖަހާއިރު ޑްރޯން ޝޯ އެއް ކުރިއަށް ގެންދާނެ؛ މި ހަރަކާތް ކުރިއަށް ގެންދާނީ ޑްރޯންގައި ފަޔަވޯކްސް ވެސް ހިމެނޭ ގޮތަށް 

  • އާ އަހަރަށް މަރުހަބާ ކިޔަން ހަވާ އަރުވާނެ

ކޮމެންޓް (1)

ސިކުނޑި

31 ޑިސެމްބަރު 2025
މުހައްރަމް 1 ފާހަގަ ކުރަން މިވަރު ނާރުވަނީ ކީއްވެބާއޭ ހިތައް އަރާ! އެހެން ދީންތަގެ މީހުންނާ އެއްކޮށް ވިޔާފާރި ކުރުމާއި، އެމީހުންނަށް ކަމޭހިތުން މައްސަލައެއްނެތް! އެހެނަސް އެމީހުން ކުރާހާކަމެއްކޮށް އުޅޭހާ ގޮތަކަށް އުޅެން ހެޔޮނުވާނެ! ދީނާއި ގައުމިއްޔަތު ހިމާޔަތް ކުރާނެކަމަށް ބެލެވުނު ސަރުކާރުގެ ހާލު އެހެން ހުރިހާ ސަރުކާރުތަކަށްވުރެ ދެރަ!!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް