ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/އެމްއޭސީއެލް)

ރަސްމާލެ ހިއްކަން އަޅާ ކޮންމެ ކޮޑި މީޓަރަކުން 2 ޑޮލަރުގެ ވައްކަމެއް ކުރާ ކަމަށް ޔާމީން ތުހުމަތު ކުރައްވައިފި

ޔާމީން ވިދާޅުވީ ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރާނަމަ އެ ވައްކަމެއް ނުކުރެވޭނެ ކަމަށް

ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ 'ރަސްމާލެ' ހިއްކުމުގެ މަސައްކަތް ކުރަން ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީ އިން ހުށަހެޅި ކަމަށާއި އެ ކުންފުނިން ހުށަހެޅި އަގުތައް ގަބޫލުނުކޮށް އެ މަސައްކަތް ބޭރު ބަޔަކަށް ހަވާލުކުރީ ވައްކަން ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ތުހުމަތު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ރަސްމާލެ ހިއްކަނީ މާ އަގުބޮޑުކޮށް އަގު ހުށަހެޅި ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ.

ތަފްސީލް - އެމަނިކުފާނަށް ލިބިފައިވާ މައުލޫމާތެއް ކަމަށް ވިދާޅުވެ، ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި އެމްޓީސީސީ އިން ހުށަހެޅި އަގުތައް ގަބޫލުނުކޮށް ބޭރު ބަޔަކަށް އެ މަސައްކަތް ހަވާލުކުރި އިރު، ހިއްކާ ކޮންމެ ކޮޑި މީޓަރަކުން 2 ޑޮލަރު ވައްކަމުގެ ގޮތުގައި ކޮންމެވެސް ދިމާއަކަށް ދެ އެވެ.

"ހިޔާލަށް ގެންނަވާ ކިތައް ކޮޑިމީޓަރުތޯ އެތަނުން ހިއްކަން ޖެހޭނީ. ކޮންމެ ކޮޑިމީޓަރަކުން އެ ދާންވާ ދިމާއަކަށް ދެ ޑޮލަރު އެބަ ދޭ."

ޔާމީން ވިދާޅުވީ ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރާނަމަ އެ ވައްކަމެއް ނުކުރެވޭނެ ކަމަށެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ސަރަހައްދުން މިހާތަނަށް އަދި ހިއްކުނީ އޭގެ %30 އެވެ.

ކޮމެންޓް (6)

ތެފައާސާ.

30 ޑިސެމްބަރު 2025
އެ ކަމެއްގެ ތަޖުރިބާކާރުން ވާހަކަ ދައްކަވާއިރު ވަރަށް ތަފްސީލުކޮށް ކޮޑިމީޓަރާއި ސުން ސެންޓަށް ތިރިކޮށްފައި ވާހަކަ ދައްކަވާނެ. މި ފެންނަނީ އޭގެ މިސާލެެއް
1 0

ކަލޯ

30 ޑިސެމްބަރު 2025
އެހެންތާވާނީ. ޔާމީންގެ ވެރިކަމުގައިވެސް ކުރިކަންތައްތައް ފިސާރި ރަގަޅަށް އެނގިލައްވާނެދެއްތޯ.
1 0

ސުޒޭ

29 ޑިސެމްބަރު 2025
ގާތްގަނޑަކަށް 30 މިލިއަން ކޮޑި މީޓަރު ހުންނާނެ 1153 ހެކްޓަރު ހިއްކަންޏާ. އެއީ ވައްކަމަށް 60 މިލިއަން ޑޮލަރު. އިން ކޮމްޕެރިޒަން: - އެމްއެމްޕީއާރުސީ ގެ އޮޑިޓް ރިޕޯޓުގައި ފުރަތަމަ އޮތީ 77 މިލިއަން ޑޮލަރު. - ވެންޓިލޭޓަރު މައްސަލައިގައި ގެއްލުނީ 2 މިލިއަން ޑޮލަރު.
0 0

އަލަނާސިމާ

29 ޑިސެމްބަރު 2025
ހޫމް. ވައްކަމުގެ ވާހަކަ ދައްކަން އެންމެރަނގަޅު މީހާ ބޮޑާބެ ތީ. ހީވަނީ ވައްކަމެއް ކޮށްލަން ނުލިބޭތީ ހިތުގަޖެހިފަ ހުންނަހެން. ލަލަލާ
1 1

ސިކުނޑި

29 ޑިސެމްބަރު 2025
ރައީސްއަށް ތިވަރުގެ މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެންޓިކަރަޕްޝަންއާއި ރައީސް އޮފީހަށް ހުށަހަޅުއްވާ! ކުރިން ފަހަރުވެސް މާބޮޑަށް ލަސްކުރެއްވީމަ ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައީ! އަނެއްކާ މިހާރުގެ ރައީސް ވިދާޅުވެފަ އޮތީ ތިމަންމަނިކުފާނާ ހަމަޔަށް ކަރަޕްޝަންގެ މައްސަލައެއް އައިސްފިއްޔާ "އެއީ ކޮންމެ މީހެއްގެ" މައްސަލައެއްވިޔަސް ބައްލަވާނަމޭ! ރައީސް މުއީޒަށް ކެރޭނެ ވަޒީރު މުއީޒާއި، މޭޔަރ މުއީޒާއި ދިމްޔާތު މުއީޒުގެ މައްސަލަވެސް ބަލަން! އަވަހަށް ހުށަހަޅުއްވާ!!
7 2

ބެއްޔާ

29 ޑިސެމްބަރު 2025
އެޑޮލަރުތައްދަނީ ޔާމީނުގެ ވެރިކަމުގައި ރިސޯޓްހަދަން ދޫކުރި ކޮންމެރަށަކުން އެއްމިލިއަންޑޮލަރު މާރުކުރުމަށް ޖަމާކުރި އެކައުންޓަށް. އެއީޔާމީނުގެ އެކައުންޓް.
8 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް