ރޭޕުގެ ތުހުމަތު އޮތް އިޒާމް ޒާހިރު؛ އޭނާ ކޯޓަށް ހާޒިރުނުކުރެވި ދޮޅު އަހަރު ދުވަސްވެއްޖެ --

ރޭޕް

ދޮޅު އަހަރު ފަހުން، ރޭޕްގެ ތުހުމަތު އޮތް އިޒާމް އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

އިޒާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރާނެ
27 ޑިސެމްބަރު 2025

ރޭޕްގެ ތުހުމަތު އޮތް މީހަކު ނުހޯދިގެން ހުކުމް ނުކުރެވި ދޮޅު އަހަރެއްހާ ދުވަސް ފަހުން އޭނާ އަމިއްލައަށް މިއަދު ފުލުހުންނާ ހަވާލުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ރޭޕްގެ ތުހުމަތު އޮތް އެ މީހަކީ އިޒާމް ޒާހިރު، 25، ސަބާހާ މަންޒިލް/ ގދ. ވާދޫ އެވެ.

ޖުލައި 2024އިން ފެށިގެން ފުލުހުންނަށް އޭނާ ނުހޯދިގެން އުޅެނިކޮށް ފުލުހުންނާ މިއަދު މި ހަވާލުވީ, މި ކަން މީޑިއާތަކުން މިއަދު ރިޕޯޓްކުރުމުންނެވެ. 

ބުނީ ކީކޭ؟ - ފުލުހުން ބުނީ އިޒާމް އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން އަންނަ އަންގާރަދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރަން ވެގެން ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން މިއަދު ކުރިން ބުނި ގޮތުގައި:

  • އިޒާމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރި

  • އޭނާ ކޯޓަށް ހާޒިރުކުރަން ހޯދުމަށް ނުވަ ފަހަރެއްގެ މަތިން ފުލުހުން ވާނީ އިއުލާންކޮށްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް