ރޭޕުގެ ތުހުމަތު އޮތް އިޒާމް ޒާހިރު؛ އޭނާ ކޯޓަށް ހާޒިރުނުކުރެވި ދޮޅު އަހަރު ދުވަސް ވެއްޖެ --

ރޭޕް

ރޭޕްގެ ތުހުމަތު އޮތް މީހަކު ނުހޯދިގެން، ހުކުމް ނުކުރެވި ދޮޅު އަހަރު

އިޒާމް ޒާހިރު ކޯޓަށް ހާޒިރުކޮށްދޭން އެދި ކްރިމިނަލް ކޯޓުން ނުވަ ފަހަރެއްގެ މަތިން ފުލުހުންނަށް އެންގި
27 ޑިސެމްބަރު 2025

ރޭޕްގެ ތުހުމަތު އޮތް މީހަކު ނުހޯދިގެން ހުކުމް ނުކުރެވި ދޮޅު އަހަރެއްހާ ދުވަސް ވެއްޖެ ކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ރޭޕްގެ ތުހުމަތު އޮތް އެ މީހަކީ އިޒާމް ޒާހިރު، 25، ސަބާހާ މަންޒިލް/ ގދ. ވާދޫ އެވެ. އޭނާ ފިލައިގެން އުޅޭތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށް ބުނެ މިއަދު ހެނދުނު ސޯޝަލް މީޑިއާގައި ޕޯސްޓެއް ދައުރުވި އެވެ.

ތަފްސީލް - އިތުބާރު ހުރި ބައެއް މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި އޭނާ ކޯޓަށް ހާޒިރުނުވެގެން އެކަން ފުލުހުންނަށް ޖުލައި 2024ގައި އެންގި އެވެ. އޭރު އެ މައްސަލަ ކްރިމިނަލް ކޯޓުގައި އޮތީ ހުކުމްކުރުމާ ހަމައަށް ގޮސްފަ އެވެ.

އޭރުން ފެށިގެން އަދިއަދަށް ވެސް އޭނާ ނުހޯދޭތީ، ހުކުމް ނުކުރެވި އޮތް ކަން އެނގެ އެވެ.

ބުނީ ކީކޭ؟ - މި ކަން 'ދައުރު'އަށް ކަށަވަރުވެގެން ފުލުހުންނާ ސުވާލުކުރުމުން ފުލުހުން ވެސް ވަނީ އޭނާ ފުލުހުންނަށް ނުހޯދިގެން އުޅޭ ކަމާއި މީގެ ކުރިން އެކި ފަހަރު މަތިން ހޯދަން އާންމުކޮށް އިއުލާންކުރިކަން ވެސް ޔަގީންކޮށްދީފަ އެވެ. އެ ގޮތުން:

  • އިޒާމް ޒާހިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރި

  • އޭނާ ކޯޓަށް ހާޒިރުކުރަން ހޯދުމަށް ނުވަ ފަހަރެއްގެ މަތިން ފުލުހުން ވާނީ އިއުލާންކޮށްފައި

"ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ފެނިފައިނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ދައުރު'އަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް