ދެހާސްއެކާވީހުގައި ބޭއްވި ކޮޕް26ގެ ބައްދަލުވުމުވެއްގެ ތެރެއިން ޝައުނާ ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ ގެޓީ)

އދ.ގެ އޯޝަން ޑެކޭޓް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ޝައުނާއަށް ލިބިއްޖެ

ޝައުނާ މި މަގާމަށް ހޮވިފައި ވަނީ، 200އަށްވިރެ ގިނަ ނޮމިނޭޝަންގެ ތެރެއިން

އދ.ގެ އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމަށް ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރުކަން ކުރެއްވި އާމިނަތު ޝައުނާ ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ޖުމްލަ 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ބޯޑުގެ މެންބަރުކަމަށް ޝައުނާ ހޮވިވަޑައިގެންފައި ވަނީ، އެ ބޯޑަށް އަލަށް އައްޔަން ކުރި 10 މީހުންގެ ތެރެއިންނެވެ. ދެ އަހަރުގެ ދައުރަކަށް އެ މެންބަރުން ހޮވިފައި ވަނީ، 200އަށް ވުރެ ގިނަ ނޮމިނޭޝަންގެ ތެރެއިންނެވެ. 

އެ ބޯޑުގެ ވެބްސައިޓުގައި ޝައުނާގެ ނަން ވެސް މިހާރު ވަނީ ހިމާނާފަ އެވެ.

އޯޝަން ޑިކޭޑް އެޑްވައިޒަރީ ބޯޑު:

  • އދ.ގެ އާންމު މަޖިލީހުގެ ޔޫއެން އޮޝަން ޑޭކޭޑަކީ 2039-2021ގެ ނިޔަލަށް ދުނިޔޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅުކުރުމަށް އަމާޒުކޮށް ނިންމާފައިވާ ނިންމުމެއް

  • އެ ނިންމުން ވިލަރެސްކޮށް ތަންފީޒުކުރުމަށް މަތިކޮށްފައިވާ ފަރާތަކީ، ޔުނެސްކޯގެ އިންޓަގަވަމަންޓަލް އޯޝަންގްރަފިކް ކޮމިޝަން (އައިއޯސީ)

  • އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑަކީ، 'އޯޝަން ޑެކޭޑް'ގެ މަސައްކަތްތައް ވިލަރެސްކޮށް ބަލައި މަޝްވަރާ އަރުވާ މަތީފަންތީގެ ބޯޑެއް

  • މި ބޯޑުގެ މަގްސަދަކީ، އދ.ގެ އާންމު މަޖިލީހުގެ ނިންމުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދުނިޔޭގެ ކަނޑުތަކުގެ ހާލަތު ދެނެގަތުމާއި ސައިންޓިފިކް މައުލޫމާތާއި ރިސާޗާއި ސިޔާސަތުތަކުގެ މައްޗަށް ބިނާކޮށް، ކަނޑުގެ ދިރުން ރަނގަޅުކުރުމުގައި ޔުނެސްކޯގެ އައިއޯސީއަށް މަޝްވަރާ އަރުވައި ލަފާ ދިނުން

  • ޔުނެސްކޯގެ އައިއޯސީއަކީ، ދުނިޔޭގެ 152 ގައުމުގެ މައްޗަށް އެކުލެވޭ ދުނިޔޭގެކަނޑުތަކުގެ ހާލަތު ހަރަދަނާކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ކޮމިޝަނެއް

އެނގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޝައުނާ ތިމާވެއްޓާ ބެހޭ ވަޒީރުކަމުގެ މަގާމު ފުުރުއްވީ،2021-2023އަށެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ސަރުކާރުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީގެ މަގާމުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީގެ މަގާމުވެސް ފުރުައްވާފައިވެ އެވެ. އޭގެ ކުރިން މިނިވަން ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް