އުކުޅަހުން ހޯދަމުންދާ ރަޝިޔާގެ ޓޫރިސްޓު މީހާ

އުކުޅަހުން ގެއްލުނު ޓޫރިސްޓު މީހާ އަދިވެސް ނުފެނޭ

އޭނާ ހޯދަން އުކުޅަހު ފަޅުތެރެ މިހާރު ދަނީ ބަލަމުން
18 ޑިސެމްބަރު 2025

އއ. އުކުޅަހުން އިއްޔެ ގެއްލުނު ރަޝިޔާގެ ޓޫރިސްޓު މީހާ އަދިވެސް ނުފެންނަ ކަަމަށް، އެ މީހާ ހުރި ގެސްޓްހައުސްއިން ބުނެފި އެވެ.

ވީ ކިހިނެއް؟- އުކުޅަހު ގެސްޓްހައުސް، ލަ ޕަލްމާ ސޫޓްސްގައި ހުރި 48 ފިރިހެން މީހާ ގެއްލިގެން ހޯދަން ފެށީ، އޭނާ ޗެކްއައުޓް ވާން އޮތް ގަޑީގައި ނުފެނުމުންނެވެ. އޭގެ ކުރިން އިއްޔެ ހެނދުނު އޭނާ ފުރަން އޮތް އިރު، ފުރަން ގޮސްފައެއް ވެސް ނުވެ އެވެ.

އެކަމަކު އޭނާގެ ފޯނާއި އެހެން ހުރިހާ ސާމާނެއް ހުރީ ދިރިއުޅުނު ކޮޓަރީގަ އެވެ.

ލަ ޕަލްމާ ސޫޓްސްއިން ވާހަކަ ދެއްކި މީހަކު ބުނީ:

  • ގެސްޓު މީހާ ހޯދުމަށް މުޅި ރަށުތެރެ އިއްޔެ ބަލާފައިވާ ކަމަށް

  • އެކަން ކުރީ އެ ގެސްޓްހައުސް އާއި އުކުޅަހު ކައުންސިލާއި ފުލުހުން ކަމަށް ބުނި

އޭނާ ބުނިގޮތުގައި މިހާރު ސިފައިން ދަނީ، އެ މީހާ ހޯދުމަށް ރަށުގެ ފަޅުތެރެ ފީނަމުންނެވެ.

"އޭނާ ދިޔައީ މޫދަށް ކަމެއް ވެސް ނޭނގެ. އެއްވެސް އެއްޗެއް ނާންގާ ބޭރަށް ނުކުތީ،" ގެސްޓްހައުސްއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެނގުން މުހިއްމު- ގެސްޓްހައުސްއިން އިއްޔެ ބުނިގޮތުގައި އެ މީހާ އުކުޅަހަށް ދިޔައީ މީގެ ތިން ދުވަސް ކުރިން އެ އަތޮޅު ރަސްދުއިންނެވެ. ރަސްދޫގައި އޭނާ ހުރީ ކިހާ ދުވަހެއްކަމެއް ނޭނގެ އެވެ. އޭނާ އުކުޅަހަށް ދިޔައީ އެކަނި ކަމަށްވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް