އުކުޅަހުން ހޯދަމުންދާ ރަޝިޔާގެ ޓޫރިސްޓު މީހާ

އއ. އުކުޅަސް

އުކުޅަހުން ޓޫރިސްޓެއް ގެއްލިގެން ހޯދަނީ

ފިރިހެން މީހާގެ ފޯނާއި ހުރިހާ ސާމާނެއް އޭނާ އުޅުނު ކޮޓަރި ތެރޭގައި ހުރި
17 ޑިސެމްބަރު 2025

އއ. އުކުޅަހުން ރަޝިޔާގެ ޓޫރިސްޓެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

ވީ ކިހިނެއް؟- އެ ރަށުގެ ގެސްޓްހައުސް، ލަ ޕަލްމާ ސޫޓްސްގައި ހުރި މި ފިރިހެން މީހާ، ރަށުން ފުރަން އޮތީ މިއަދު ހެނދުނެވެ. އެކަމަކު އޭނާ ފުރާފައެއް ނުވެ އެވެ. އަދި އޭނާގެ މޯބައިލްފޯނާއި އެހެނިހެން ސާމާނު އޭނާ އުޅުނު ކޮޓަރި ތެރޭގައި ހުއްޓެވެ.

"ހެނދުނު ލޯންޗަކުން އޭނާ ނުފުރާ. ދެން މިއަދު ހެނދުނު 11 ޖަހާއިރު އޭނާ ޗެކްއައުޓްވާން ޖެހޭތީ ކޮޓަރިއަށް ދިޔުމުން އެނގުނީ އެތަނުގައި ވެސް އޭނާ ނެތްކަން. އެކަމަކު ހުރިހާ ސާމާނު ހުރި،" ލަ ޕަލްމާ ސޫޓްސްއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އޭނާ އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި."

ގެސްޓްހައުސްއިން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި އުމުރުން 48ގެ ފިރިހެން މީހާ އުކުޅަހަށް ދިޔައީ، މީގެ ތިން ދުވަސް ކުރިން އެ އަތޮޅު ރަސްދުއިންނެވެ. ރަސްދޫގައި އޭނާ ހުރީ ކިހާ ދުވަހެއްކަމެއް ނޭނގެ އެވެ. އޭނާ އުކުޅަހަށް ދިޔައީ އެކަނި ކަމަށް ވެ އެވެ.

ޓޫރިސްޓު ފިރިހެން މީހާ ހޯދުމުގެ މަސައްކަތް، ގެސްޓްހައުސް އާއި އެ ރަށު ކައުންސިލާއި ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް