ސަރުކާރު ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންއަށް ބަޔަކު ވަންނަނީ
ސަރުކާރު ހުރިހާ އިދާރާތަކަކަށް ވަކި ނަމްބަރުތަކެއް ކަނޑައަޅައިފި
ސަރުކާރު އިދާރާތަކުން ފޮނުވާ ސިޓީތަކުގައި ބޭނުން ކުރުމަށް، ކޮންމެ އިދާރާއަކަށް ވަކި ނަމްބަރުތަކެއް ކަނޑައަޅައިފި އެވެ.
ވީ ކިހިނެއް؟- ރައީސް އޮފީހުން އާއްމުކުރި އެންގުމެއްގައި ބުނިގޮތުގައި ނަމްބަރުތައް ދީފައިވަނީ ސަރުކާރު ސްކޫލުތަކަށާއި ސިއްހީ ހިދުމަތްދޭ ތަންތަނަށާއި އިޖްތިމާއީ އަދި އާއިލީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކަށެވެ.
އޭގެ އިތުރުން ދެން ހިމެނެނީ:
-
މެރިން ރިސާޗް އިންސްޓިއުޓް
-
ގައުމީ ދާރުލްއާސާރު
-
ނެޝަނަލް އާޓް ގެލަރީ
ޖުމްލަ 445 އިދާރާއަކަށް ސަރުކާރުން ނަމްބަރު ދީފައި ވެ އެވެ. ނަމްބަރުތައް ދީފައިވަނީ 691 އިން ފެށިގެން 1135އާ ހަމައަށެވެ.
ސަރުކާރުން ބުނީ އެ އިދާރާތަކުން ސިޓީ ލިޔާއިރު، ހާއްސަކޮށްފައިވާ ނަމްބަރު ޖަހަން ޖެހޭނެ ކަމަށެވެ.