ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް

އޮސްޓްެރޭލިއާގައި ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޔަހޫދީ ދީނުގައި ފާހަގަ ކުރާ ދީނީ ދުވަހަކާ ދިމާކޮށް ދިން މިހަމަލާގައި15 މީހަކު މަރުވެ40 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި

އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑައި ބީޗުގައި އިއްޔެ ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - ޔަހޫދީ ދީނުގައި ފާހަގަ ކުރާ ދީނީ ދުވަހަކާ ދިމާކޮށް ދިން މިހަމަލާގައި15 މީހަކު މަރުވެ، 40 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ތަފްސީލް - މި ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ މި ހަމަލާ ހަރުުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ކުށެއް ނެތް މައުސޫމު ބަޔަކު މަރާލި މިފަދަ ހާދިސާތަކަށް މުޖުތަމައުގައި ޖާގަ ނޯންނާނެ ކަމަށެވެ.

ހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފޮނުވާ ކަމަށާއި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މި އުނދަގޫ ދަނޑުވަޅުގައި ދިވެހި ސަރުކާރުން އޮތީ އޮސްޓްރޭލިއާ ސަރުކާރާ އެކު ކަމަށެވެ. އަދި ޓެރަރިޒަމްގެ މިފަދަ ހަމަލާތަކާއި އަމަލުތަކާ ދެކޮޅަށް އަބަދު ވެސް ބަސްބުނާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފާހަގަ ކުރެވޭ - އޮސްޓްރޭލިއާގެ މަޝްހޫރު ބީޗެއްގައި ބަޑިން ހަމަލާދިނީދެ ބަފައިންނެވެ. ހަމަލާދިން 50 އަހަރުގެ މީހާ ފުލުހުންގެ ހަމަލާއެއްގައި މަރުވެފައިވާއިރު 24 އަހަރުގެ ފިރިހެން ދަރިފުޅަށް ލިބިފައިވާ ޒަހަމްްތަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް