ރ. ކަނދޮޅުދޫ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކަނދޮޅުދޫ

ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއެކު ފާނަ ޕްރޮސެސް ކުރާ ފެސިލިޓީއެއް

ކަނދޮޅުދޫގައި، ދުވާފަރު ރައްޔިތުންނަށް މަސްވެރިކަމުން އާމްދަނީ ހޯދޭނެ ގޮތެއް ފަހިވުމަކީ ދުވާފަރުގެ ރައްޔިތުންގެ އުއްމީދެއް

ސުނާމީގައި ފުނޑުފުނޑުވި ރ. ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާ އެކު ފާނަ ޕްރޮސެސް ކުރާ ފެސިލިޓީއަކާއި މަސް ކިރާ ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ކަނދޮޅުދޫ ސުންނާފަތިވުމުން އެ ރަށު ރައްޔިތުން ހިޖުރަކުރި ދުވާފަރުގައި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

  • މަސައްކަތުގެ ކޮންޓްރެކްޓަރު ތްރީ ވޭ އެންޓަޕްރައިޒަސްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ހަސަން އިބްރާހިމް

ތަފްސީލް - މި އެއްބަސްވުމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ކަނދޮޅުދޫގައި ދުވާފަރު ރައްޔިތުންނަށް މަސްވެރިކަމުން އާމްދަނީ ހޯދޭނެ ގޮތެއް ފަހިވުމަކީ ދުވާފަރުގެ ރައްޔިތުންގެ އެއް އުއްމީދެވެ.

މިދިޔަ އަހަރު ސުނާމީއަށް 20 އަހަރު ފުރުމާ ދިމާކޮށް 'ދައުރު'ން ގެނެސްދިން ކަވަރޭޖަށް ދުވާފަރަށް ކުރި ދަތުރުގައި ވާހަކަދެއްކި ގިނަ ރައްޔިތުން ވެސް ބޭނުންވަނީ ދުވާފަރަށް މަސްވެރިކަމުން ނަފާ ހޯދޭނެ ގޮތަކަށް ކަނދޮޅުދޫ ތަރައްގީކުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް