ނޯޓިލަސް ފައުންޑޭޝަނުން ކެންސަރު ސޮސައިޓީއާ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުން (ފޮޓޯ/ނޮޓިލަސް ފައުންޑޭޝަން)

ކެންސަރު

ނޯޓިލަސް ފައުންޑޭޝަނުން ކެންސަރު ސޮސައިޓީއާ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެއްޖެ

ކެންސަރު ބައްޔަށް ސްކްރީން ކުރުމާއި ބަލިން ރައްކާތެރިވުމަށް ހޭލުންތެރިކުރުމަށް ކެންސަރު ސޮސައިޓީން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ނޯޓިލަސް ފައުންޑޭޝަނުން ވަނީ 150،000ރ.ގެ އެހީއެއް ވެސް ދީފައި

ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ކެންސަރު ސޮސައިޓީއާ ގުޅިގެން މަސައްކަތް ކުރުމަށް ދަ ނޯޓިލަސް ފައުންޑޭޝަނުން އެއްބަސްވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކެންސަރު ބައްޔަށް ސްކްރީން ކުރުމާއި ބަލިން ރައްކާތެރިވުމަށް ހޭލުންތެރިކުރުމަށް ކެންސަރު ސޮސައިޓީން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ނީޓިލަސް ފައުންޑޭޝަނުން ވަނީ 150،000ރ.ގެ އެހީއެއް ވެސް ދީފަ އެވެ.

ކެންސަރު ބައްޔަށް ސްކްރީން ކުރުމާއި ބަލިން ރައްކާތެރިވުމަށް ހޭލުންތެރިކުރުމަށް ކެންސަރު ސޮސައިޓީން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ނޯޓިލަސް ފައުންޑޭޝަން ގުޅުން (ފޮޓޯ/ނޮޓިލަސް ފައުންޑޭޝަން)

ތަފްސީލް - ކެންސަރު ސޮސައިޓީއާ ގުޅިގެން ނޯޓިލަސް ފައުންޑޭޝަނުން މަސައްކަތް ކުރަން އެއްބަސްވި އިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ސޮސައިޓީން ކުރިއަށްގެންދާ ސްކްރީނިން ޕްރޮގްރާމުތަކާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކުގެ ދަތުރުތައް މަންޓާ އެއާ އިން ފަރާތުން ހަމަޖައްސައިދޭނެ އެވެ.

ނޯޓިލަސް ފައުންޑޭޝަނުން ބުނީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުން ފަދަ މުޖުތަމައުގެ ދުޅަހެޔޮކަމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި އެ ފައުންޑޭޝަނުން އަބަދު ވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕާޓްނާޝިޕްތައް ގާއިމްކޮށް މުޖުތަމައުގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމަށް ވެސް އެ ފައުންޑޭޝަނުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް