މަސްވެރިންގެ އިހުތިޖާކުގައި އިއްޔެ މައުރޫފު ވާހަކަ ދައްކަވަނީ
މަސްވެރިންގެ އިހުތިޖާޖުން މެންބަރު މައުރޫފު ފުލުހުންގެ ބެލުމުގެ ދަށަށް
ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - މާލޭ ފަޅު ބޭރުގައި މަސްވެރިންގެ ދޯނިތައް އަޅައިގެން އިހުތިޖާޖު ދެވަނަ ދުވަހަކަށް ކުރިއަށް ގެންދަމުންދަނިކޮށް ފުލުހުން ވަނީ ދޯނިތަކަށް އަރައި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެންދަން ފަށައިފަ އެވެ.
ތަފްސީލް - އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މެންބަރު މައުރޫފު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްދޯންޏެއްގައި ހުންނަވަނިކޮށެވެ. މައުރޫފު ދޯންޏެއްގެ މަތީ ހުންނަވަނިކޮށް ހަރަރެސްފައިގައި ހިފާ ތިރިއަށް ބާލާތަން ވީޑިއޯ އިން ފެނުނެވެ.
ފުލުހުން ބުނީ:
-
1-
މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް
-
2-
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ؛ މީގެ ތެރޭ މެންބަރު މައުރޫފް ވެސް ހިމެނޭ
އިއްޔެ ހުޅުމާލެ ކަންނެލި ޖެޓީން ފެށި އިހުތިޖާޖުގައި ބައިވެރިވާ ދޯނިތައް ހަވީރު މާލެއަށް މިސްރާބުޖަހާ އޭރުން ފެށިގެން މާލޭ ފަޅުބޭރުގައި އިހުތިޖާޖު ކުރަމުން އަންނައިރު ބޮޑުކަންނެލި މަސްވެރިންގެ އޮތީ މައިގަނޑު ތިން ޑިމާންޑެކެވެ.
އެއީ:
-
ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުން
-
ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އަދި 100ރ. ކަމަށް ކަނޑައެޅުން
-
މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި އައިސް ލިބޭނެ ގޮތް ފަހިކޮށްދިނުން
އިހުތިޖާޖު އިންތިޒާމުކުރާ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ން ވަނީ މިއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށާއި ގާނޫނުއަސާސީ އާއި ގާނޫނުން ލިބިދޭ އެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އެެދިފަ އެވެ.
-
އެ ޔޫނިއަނުން ވަނީ ރައީސް މުހައްމަދު މުއިއްޒު ބޮޑުކަންނެލި މަސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރުމަށް ވެސް ގޮވާލާފައި
-
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އެ ޖަމްއިއްޔާ އިން ބުނި
ކޮމެންޓް (2)
ކިނާން
ކުޑަކަންނެލި