ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި ތަކެތި ހަވާލުކުރުން (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

3 މިނިސްޓްރީއެއްގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ

އޭގެ ތެރޭގައި، އެ ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނޭ

މިދިޔަ އަހަރުގެ 12 ޑިސެމްބަރުގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމެންޓު މިނިސްޓްރީ ހިންގި އިމާރަތްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި މިނިސްޓްރީތަކުގެ މަސައްކަތަށް ބުރޫ އެރުމާ ގުޅިގެން، ޗައިނާ އިން ރާއްޖެއަށް އެހީގެ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޗައިނާގެ ފަރާތުން ރާއްޖެއަށް ދިން އެހީގެ ސާމާނާ ރަމްޒީ ގޮތުން ހަވާލުވެވަޑައިގެން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ޗައިނާ ސަރުކާރުން ދިން އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ތަފްސީލް - އެހީގެ ގޮތުގައި ޗައިނާ އިން ވަނީ 2.8 މިލިއަން ޑޮލަރު (43 މިލިއަން ރުފިޔާ)ގެ އަގުހުރި ސާމާނު ހަދިޔާކޮށްފަ އެވެ.

އޭގެ ތެރޭގައި، އެ ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެ އެވެ.

އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ޗައިނާ އިން ދިން އެހީއަކީ ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

މިނިސްޓަރު ވަނީ އެކި ދާއިރާތަކުން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ޗައިނާ ސަރުކާރުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި ޗައިނާއަށް ޝުކުރު އަދާކުރައްވައިފަ އެވެ. 


އިތުރު އާޓިކަލް

އިތުރު އާޓިކަލް