އައްޑޫއަށް މީގެ ކުރިން ގެންދިޔަ ޖެނެރޭޓަރެއް މާލޭ ބަނދަރުގައި އޮތް ބޯޓަކަށް އަރުވާފައި (ފޮޓޯ/ ފެނަކަ)

އައްޑޫ

އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑިއްޖެ

އިންޖީނެއްގެ މައްސަލަޖެހި އައްޑޫން މިއަދު ހެނދުނު ކަރަންޓު ކެނޑުނުއިރު، ކަރަންޓުގެ މައްސަލައަކީ އައްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ

އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓުގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޖީނެއްގެ މައްސަލަޖެހި އައްޑޫން މިއަދު ހެނދުނު ކަރަންޓު ކެނޑުނުއިރު، ކަރަންޓުގެ މައްސަލައަކީ އައްޑުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.

ތަފްސީލް - އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްއި 30 މެގަވޮޓު އިތުރުކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މިދިޔަ މަހު ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އާ މަޝްރޫއެއް ވަނީ އިއުލާން ކުރައްވާފަ އެވެ.

އެ މަޝްރޫއު އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ:

  • ހިތަދޫގައި އަލަށް 32 މެގަވޮޓުގެ އިންޖީނުގެއެއް ގާއިމުކުރާނެ

  • ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރާނެ

  • މި މަޝްރޫއުގެ އަގަކީ 59 މިލިއަން ޑޮލަރު؛ ފެނަކަ އިން ފައިސާ ދައްކަން 12 އަހަރު ލިބޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް