ސަނީ އުމަރު: ޖިންސީ ގޯނާގެ ތުހުމަތުގައި އޭނާ ވަނީ ހައްޔަރުކޮށްފައި
ސަނީ އުމަރު ދޫކޮށްލުމަށް ފަހު ޖިންސީ ގޯނާގެ ތުހުމަތުގައި އަލުން ހައްޔަރުކޮށްފި
އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރު ރާއްޖެއިން ފިލައިގެން ދާން އުޅެނިކޮށް ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި، ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް މިއަދު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއަކާއި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކެއްގެ ވާހަކަ މީޑިއާގައި ފެންމަތިވެފައިވަނިކޮށް އާއިލާއިން ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފަ އެވެ.
މައްސަލަ ފަޅާއެރި ދަނޑިވަޅުގައި އޭނާ ރާއްޖޭން ބޭރަށް ދިޔުމަށް ފަހު އެނބުރި އައުމާ އެކު ސުވާލު ކުރުމަށް ފުލުހަށް ވަނީ ހާޒިރުކޮށްފަ އެވެ. ނަމަވެސް އަނެއްކާވެސް ފުރަައިގެން ދާން އުޅެނިކޮށް، އެއާޕޯޓުގައި ހުއްޓާ ވަނީ ރޭ ހައްޔަރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި:
-
ރޭ އޭނާ ހައްޔަރު ކުރީ ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވާ އަދި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށް ފަހު ރާއްޖޭން ފުރައިގެން ދާން އުޅުނުކަމުގެ ތުހުމަތުގައި
-
އެއަށް ފަހު އޭނާ ވަނީ ދޫކޮށްލާފައި
-
އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި
އެނގުން މުހިންމު - ސަނީ ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައިގައި ހިމެނެނީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި:
-
އަންހެން ދެ ކުދިންނާއި ފިރިހެން ކުއްޖެއް
-
އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން
-
އަނެއް އަންހެން ކުއްޖާއަށް ވެސް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަަތުކުރަނީ އެ ކުއްޖާގެ އުމުރުން 18 އަހަރު ނުވަނީސް