ސަނީ އުމަރު.

ޖިންސީ ގޯނާ

ކުޑަކުދިންނާ ބެހުނު ކަމަށް ތުހުމަތުކުރެވޭ ސަނީ އުމަރު އެއާޕޯޓުން ހައްޔަރުކޮށްފި

ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ސުވާލު ކުރުމަށް އޭނާ ވަނީ މިއަދު ފުލުހުންގެ އެފްސީޕީއަށް ހާޒިރުކޮށްފައި

އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރު މިރޭ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއެއް ހިންގާ އަދި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކެއްގެ ވާހަކަ މީޑިއާގައި ފެންމަތިވެފައިވަނިކޮށް އާއިލާއިން ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފަ އެވެ.

 ތަފްސީލް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ސުވާލު ކުރުމަށް އޭނާ ވަނީ މިއަދު ފުލުހުންގެ އެފްސީޕީއަށް ހާޒިރުކޮށްފަ އެވެ.

އެ މައްސަލަ ފަޅާއެރުމުން ސަނީ އުމަރު ރާއްޖެ ދޫކޮށް މިދިޔަ ބުރާސްފަތިދުވަހު އިންޑިއާއަށް ދިޔަ އެވެ. އޭނާ މިއަދު ފުލުހަށް ހާޒިރުކުރީ އަނބުރާ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ސަނީ ހައްޔަރުކުރީ، ފުލުހުން ބުނި ގޮތުގައި، ފުލުހަށް ހާޒިރުކޮށް ސުވާލުކުރި ފަހުން، އަނެއްކާވެސް ރާއްޖެ ދޫކޮށް ފުރަން އުޅެނިކޮށް އެއާޕޯޓުންނެވެ.

އެނގުން މުހިންމު - މި މައްސަލައިގައި ހިމެނެނީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި:

  • އަންހެން ދެ ކުދިންނާއި ފިރިހެން ކުއްޖެއް 

  •  އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން

  • އަނެއް އަންހެން ކުއްޖާއަށް ވެސް ޖިންސީ ގޯނާ ކުރީ އެ ކުއްޖާގެ އުމުރުން 18 އަހަރު ނުވަނީސް

އިތުރު އާޓިކަލް

އިތުރު އާޓިކަލް