ރަސްމާލެ ހިއްކަން ގެނައި ބޮޑު ޑްރެޖަރު.

ދުނިޔޭގެ އެންމެ ބޮޑު 1 ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކުން 3 ގުނަ ހަލުވިކޮށްފި

ދުނިޔޭގައި އޮތް އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަލުވި ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން، ކ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރަމުން އަންނަ 'ރަސްމާލެ' ހިއްކުމުގެ މަސައްކަތް މިއަދު ފަށައި މަސައްކަތް ތިން ގުނަ ހަލުވި ކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަލުވި ކޮށްފައިވާ ކަމަށެވެ.

ތަފްސީލު - ކްރިސްޓަބެލް ކޮލޯން ކިޔާ ޑްރެޖަރު އިއްޔެ ރަސްމާލެ ސަރަހައްދުގައި މޮބިލައިޒްވެ، ރޭ ފަތިހު ވެލި ނަގަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މެންދުރު ކުރިން ވެލި އަޅަން ފަށާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ރަސްމާލެއަކީ %100 ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ޝަރަހެއްކަން ފާހަގަކުރައްވައިފަ އެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ކްލައިމެޓް އެޑޭޕްޓޭޝަން މަޝްރޫއަށް ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގުޅުން ހުރި - ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ކުރަން ބޮޑު ޑްރެޖަރެއް ގެނެސްގެން މަސައްކަތް ފެށިއިރު، އަންނަ މާޗު ނުވަތަ އޭޕްރީލް މަހާ ހަމައަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ހިއްކަން ޖެހޭ ހުރިހާ ބިމެއް ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް