ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މައި ދެ ހިއްސާދާރުން ކަމަށްވާ ޗަމްޕާ ހުސައިން އަފީފް އާއި ޗަމްޕާ މުހައްމަދު މޫސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޗަމްޕާ ބްރަދާސް

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ލަންކާއަށް 10،001 ޑޮލަރު ހަދިޔާކޮށްފި

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ގްރޫޕުން 'ދައުރު'އަށް ބުނީ އެ ކުންފުނީގެ ރިސޯޓްތަކުގައި ވަރަށް ގިނަ ލަންކާ މީހުން އުޅޭ ކަމަށާއި އެ މީހުންގެ އާއިލާތަކަށާއި އަވަށްޓެރި ގައުމަށް ދިމާވި ހިތާމާގައި ބައިވެރިވެ އެހީތެރިވާން ބޭނުންވީ ކަމަށް
30 ނޮވެމްބަރު 2025

ބާރުގަދަ ތޫފާން، 'ދިތުވާ'ގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ އާއްމުންނަށް އެހީވުމަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން 10،001 ޑޮލަރު ހަދިޔާކޮށްފި އެވެ.

ވީކިހިނެއް؟ - ޕީއެސްއެމުން އިސްނަގައިގެން 'ސިލޯނާ އެކު ދިވެހިން'ގެ ނަމުގައި މިއަދު ހެނދުނުން ފަށައިގެން މިރޭ މެންދަމު 1 ޖެހުމާ ހަމައަށް ހާއްސަ ޓެލެތޯނެއް ކުރިއަށް އެބަ ގެންދެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓް ވިޔަފާރިކުރާ، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ލަންކާއަށް 10،001 ޑޮލަރު ހަދިޔާ ކުރަނީ އެ ޓެލެތޯނުގެ ތެރެއިންނެވެ.

ބުނީ ކީކޭ؟ - ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ގްރޫޕުން 'ދައުރު'އަށް ބުނީ އެ ކުންފުނީގެ ރިސޯޓްތަކުގައި ވަރަށް ގިނަ ލަންކާ މީހުން އުޅޭ ކަމަށާއި އެ މީހުންގެ އާއިލާތަކަށާއި އަވަށްޓެރި ގައުމަށް ދިމާވި ހިތާމާގައި ބައިވެރިވެ އެހީތެރިވާން ބޭނުންވީ ކަމަށެވެ.

ލަންކާ މީހުންނަށް އެހީވުމަށް ހިންގާ ތެލެތޯނަށް އެއްބާރުލުން ދިނުމާއި އިންސާނިއްތަަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ވެސް ކަމަށް އެ ގްރޫޕުން ބުންޏެވެ.

އެނގުން މުހިންމު - ޕީއެސްއެމުން ބުނި ގޮތުގައި:

  • މި ޓެލެތޯނުގެ ދަށުން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑުފޮށިތައް ބަހައްޓާނެ

  • އެ ފޮށިތަކަށް ނަގުދު ފައިސާގެ ގޮތުގައި ލެވޭނެ

  • ފަންޑަށް އެހީވުމަށް، ގިނަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައި؛ އެގޮތުން ކިއުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ޖަމާކުރެވޭނެ ކަމަށް އެ ތަނުން ބުނޭ

  • މި ޓެލެތޯނުގައި ބައިވެރިވެ، އެހީތެރިވުމަށް 7730000796107އަށް ފައިސާ ޖަމާކުރެވޭނެ

ގުޅުން ހުރި - ހާލުގައި ޖެހިފައިވާ ލަންކާއަށް އެހީވުމަށް، 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާ ކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފާހަގަ ކުރެވޭ - ބޭ އޮފް ބެންގަލްގައި އުފެދުނު މި ތޫފާނުގައި ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 159 މީހުން މަރުވެ، 200އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ. އަދި އެތައް ލައްކަ ބަޔަކަށް ވަނީ ވިއްސާރައިގެ ސަބަބުން އަސަރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް