ލަންކާ ތޫފާނުގެ އަސަރު އެ ގައުމުގެ ބޮޑުބަޔަކަށް ވަނީ ކޮށްފައި

ޕީއެސްއެމް

ލަންކާއަށް އެހީވުމަށް ރާއްޖޭން ހާއްސަ ޓެލެތޯނެއް ފަށައިފި

މި ޓެލެތޯން މިރޭ މެންދަމު 1 ޖަހަންދެން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި
30 ނޮވެމްބަރު 2025

ބާރުގަދަ ތޫފާން، 'ދިތުވާ'ގެ ޝިކާރާއަކަށްވެފައިވާ ސްރީ ލަންކާގެ ހާލުގައި ޖެހިފައިވާ އާއްމުންނަށް އެހީވުމަށް ހާއްސަ ޓެލެތޯނެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - ޕީއެސްއެމުން އިސްނަގައިގެން 'ސިލޯނާ އެކު ދިވެހިން'ގެ ނަމުގައި މިއަދު ހެނދުނު ފެށި މި ޓެލެތޯން މިރޭ މެންދަމު އެކެއް ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

ތަފްސީލް - ޕީއެސްއެމުން ބުނި ގޮތުގައި:

  • މި ޓެލެތޯނުގެ ދަށުން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑުފޮށިތައް ބަހައްޓާނެ

  • އެ ފޮށިތަކަށް ނަގުދު ފައިސާގެ ގޮތުގައި ލެވޭނެ

  • ފަންޑަށް އެހީވުމަށް، ގިނަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައި؛ އެގޮތުން ކިއުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ޖަމާކުރެވޭނެ ކަމަށް އެ ތަނުން ބުނޭ

  • މި ޓެލެތޯނުގައި ބައިވެރިވެ، އެހީތެރިވުމަށް 7730000796107އަށް ފައިސާ ޖަމާކުރެވޭނެ

ޕީއެސްއެމުން ބުނީ މި ފަންޑަށް ލިބޭ ފައިސާ ބަލަހައްޓައި ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް މިނިވަން އޮޑިޓް ފާމަކާ ވެސް ވަނީ ހަވާލުކޮށްފަ އެވެ.

އެނގުން މުހިއްމު - ހާލުގައި ޖެހިފައިވާ ލަންކާއަށް އެހީވުމަށް، 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާ ކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފާހަގަ ކުރެވޭ - ބޭ އޮފް ބެންގަލްގައި އުފެދުނު މި ތޫފާނުގައި ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 159 މީހުން މަރުވެ، 200އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ. އަދި އެތައް ލައްކަ ބަޔަކަށް ވަނީ ވިއްސާރައިގެ ސަބަބުން އަސަރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް