އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ބައެއް ވެރިން، ދިއްދޫގެ އިސްލާމީ މަރުކަޒު މިއަދު ހުޅުއްވާދެއްވަނީ

މިސްކިތްތައް

ރޯދަމަހަށް އާ 15 މިސްކިތް ހުޅުވާނެ: ރައީސް

ރައީސް ވިދާޅުވި ގޮތުގައި މީގެ ތެރޭގައި މާލެ އާއި ހުޅުމާލޭ ފޭސް-2ގައި ހުޅުވާ މިސްކިތް ހިމެނޭ
28 ނޮވެމްބަރު 2025
1

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން، ރާއްޖޭގެ އެކި ހިިސާބުތަކުގައި އާ މިސްކިތްތަކެއް ހުޅުވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެގޮތަށް، ރޯދައަށް އާ 15 މިސްކިތް ހުޅުވައި ބޭނުން ކުރަން ފެށޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހއ. ދިއްދޫގައި މިއަދު ވަނީ، އިސްލާމީ ކުތުބުހާނާއަކާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕަކާއެކު އެ ރަށު އިސްލާމީ މަރުކަޒު ހުޅުވާފަ އެވެ. އެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް ގިނަ މިސްކިތްތަކެއް ބިނާކުރަމުން އަންނަ ކަމަށެވެ.

އެގޮތުން:

  • އެ ފަދަ 15 މިސްކިތެއް މި ރޯދަމަހަށް ހުޅުވާނެ ކަމަށް

  • އޭގެ ތެރޭގައި، މާލޭގެ މިސްކިތަކާއި ހުޅުމާލޭ ފޭސް-2ގެ މިސްކިތެއް ހިމެނޭ

ރައީސް ވިދާޅުވީ ފޭސް-2ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ހައްލު ކުރުމަށް، އެތަނުގައި ދާއިމީ މިސްކިތްތަކެއް ބިނާކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.

އެނގުން މުހިއްމު- މިއަދު ހުޅުވި، ދިއްދޫ އިސްލާމީ މަރުކަޒަކީ 1،500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެތަނުގައި 400 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި 30 ކުދިންގެ ޖާގައިގެ ހަތަރު ކްލާސް ރޫމް ހުރެ އެވެ.

ސަރުކާރުން 2023 ވަނަ އަހަރު އާރުސީސީއަށް އެ މަސައްކަތް ހަވާލުކުރީ50.8 މިލިޔަން ރުފިޔާއަށެވެ.

ކޮމެންޓް (1)

ހަތަރެސްކަން

28 ނޮވެމްބަރު 2025
ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓެއްގެ ރިބަނެއް އަނެއްކާވެސް ކަނޑާލީތޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް