ޕޮލިސް ކޮމިޝަނަރު ނަވީން 'ދައުރު'އަށް އިންޓަވިއު ދެއްވަނީ: (ފޮޓޯ/ފުލުހުން)
ސީޕީ ނަވީން އާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ލަފާދޭން ކޮމިޓީން ފާސްކޮށްފި
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހިމެނޭހެން ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑު ކުރުމަށް ރައީސް މުހައްމަދު މުއިއްޒުއަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމެޓީގެ ސިއްރު ބައްދަލުވުމުގަ އެވެ. ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ނޭނގެ އެވެ.
ތަފްސީލް - އެބޭފުޅުން ސަސްޕެންޑް ކުރަން ރައީސްއަށް ލަފާ ދޭން ކޮމިޓީން ނިންމީ ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލްކޯގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި އެބޭފުޅުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭތީކަން އެނގިފައިވެ އެވެ.
މާލިއްޔަތު ކޮމެޓީން އަންނަނީ ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއޫގެ މުއާމަލާތްތަކުގައި ކޮންޓުރެކްޓަރަށް ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ މައްސަލަ ބަލަމުންނެވެ.
މި މަޝްރޫއުއަށް 1 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހި، މި މަޝްރޫއުގެ ތެރެއިން މިދިޔަ 11 އަހަރު ތެރޭ ހިޔާނާތަށް ތުހުމަތުވާ އެތައް ކަމެއް ހިންގާފައިވާ ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި މި މަޝްރޫއުއާ ގުޅޭ ނިންމުންތަކާއި ކޮންޓްރެކްޓްތަކަށް ބަދަލު ގެނައިއިރު އޮތް ޕޮލްކޯގެ ބޯޑާއި އޭރުގެ އިސްވެރިން މިކަމުގައި ޒިންމާދާރު ކުރުވުމަށް ވެސް އޮޑިޓުގައި ލަފާދީފައިވެ އެވެ.
ނަވީން އާއި އިތުރު އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ލަފާދޭން ކޮމެޓީ އިން ނިންމީ ޕޮލްކޯ މައްސަލަ ބަލަމުން އަންނަނިކޮށް ލިބުނު އެހެން މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިތުރު މައްސަލަތަކެއް ވެސް ކޮމެޓީ އިން ބެލުމަށް ފަހު އެވެ.
ކޮމެންޓް (3)
ތެފައާސާ.
ރާޒީ
ސިކުނޑި