ވިލިމާލޭގައި ނަގަން ނިންމި ދެ ނިކަގަހުގެ ތެރެއިން ގަހެއް: ރައީސް ވިދާޅުވީ ދެ ނިކަހުގެ ބަދަލުގައި 300 ގަސް އިންދާނެ ކަމަށް (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ވިލިމާލެ ނިކަ ގަސް ކަނޑާނުލަން ނަޝީދު ގޮވާލައްވައިފި

ގަސް ކަނޑާލަން ނިންމާ، އިއުލާނު ކުރެއްވުމުން ތިމާވެއްޓަށް ލޯބިކުރާ ބައެއް މީހުންނާއި ވިލިމާލޭގެ ބައެއް ރަށްވެހިން އަދި އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުން

ވިލިމާލޭ ނިކަ ގަހަކީ100 އަހަރަށް ވުރެ ދިގު ތާރީހެއް އޮތް ގަހެއް ކަމަށާއި އެ ގަސް ކަނޑާ ނުލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ވިލިމާލެ ރައްޔިތުންނާއެކު ރައީސް މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި އެ އަވަށުގެ ބައެއް ރަށްވެހިން ވަނީ ދުވަސްވީ ދެ ނިކަގަހެއް ކަނޑާލުމަށް އެދިފަ އެވެ. އަދި އެ ޖަލްސާއަށް ދިޔަ މީހުންގެ މެދުގައި އަތް އުފުލައިގެން ވޯޓެއް ނަގައި އެ ދެ ގަސް ކަނޑާލަން ނިންމެވިކަން ރައީސް އެ ރޭ އިއުލާން ކުރެއްވި އެވެ.

ތަފްސީލް - އެ ދެ ގަސް ކަނޑާލަން ނިންމާ، އިއުލާނު ކުރެއްވުމުން ތިމާވެއްޓަށް ލޯބިކުރާ ބައެއް މީހުންނާއި ވިލިމާލޭގެ ބައެއް ރަށްވެހިން އަދި އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންމެވެ.

އެ ކަންބޮޑުވުންތަކަށް ބާރު ދެއްވާ، ކުރީގެ ރައީސް ނަޝީދު މިރޭ ސޯޝަލް މީޑިއާގައި ވިދާޅުވީ އެ ދެ ގަހުގެ ތާރީހު ގޮސް ގުޅެނީ ޝަމްސުއްދީނު ރަދުންނާ ކަމަށެވެ. އޭރު ވެސް އެއީ ބިޔަ ގަހެއް ކަމަށް ނަޝީދު ލިޔުއްވި އެވެ.

"ވިލިނގިލި ޖަލު ހުރި ދުވަސްވަރު ސިޔާސީ ކުށްވެރިން ލައްވާ ބުރަ މަސައްކަތް ކުރުވާފައި، ގެނެސް މެންދުރު މަޑުޖެހިލަން ތަންވަޅެއް ދޭން ބައިތިއްބާފައި ތިބޭ ތަން،" ގަހުގެ ތާރީހާ ގުޅޭ ގޮތުން ނަޝީދު ލިޔުއްވި އެވެ.

"100 އަހަރަށް ދާ ތާރީހެއް! މި ގަސް ކަނޑާ ނުލައްވާ!" ނަޝީދު ވިދާޅުވި އެވެ.

އެ އަވަށު ހުޅަނގު ފަރާތުގައި ހުންނަ ނިކަ ގަހުގެ މޫތައް އެ ސަރަހައްދުގައި އުޅޭ ގޭގެއަށް ވަދެ ފާހާނާ ހޮޅިތަކާއި ގޭގެ އިމާރާތަށް ގެއްލުންވާތީ އާންމުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

ކޮމެންޓް (3)

ޙަސަނު

27 ނޮވެމްބަރު 2025
ޢަރަބީޔާ ސުކޫލުވެސް ހަލާކުވީ ނަސީދު ތިމާވެށި ހިމާޔަށްކުރަން ހަދައިގެން
0 0

ޖަޑިބު

27 ނޮވެމްބަރު 2025
އިތުރަށް ބަހައްޓާކަށްނުވާނެ. ތިހާ ނުބައި ޖަރީމާތައް ހިންގިމީހުންގެ ހަނދާން އާކުރާކަށް ނުޖެހޭ. ގަސްދޮށުގަ ޝަމްޝުއްދީނު އިންނަވާތަ؟ ކޮން ގަހެއް ބަހައްޓާކަށް. އިންސާނުންނަށް ގެއްލުންދޭ ގަހެއް. ތިމާވެށިވެސް އޮންނަންވާނީ އިންސާނުން ދިރިއުޅެފަ. ވިލިނގިލީގަ ގަހެއް ނެތީއެއްނޫން. އެތާނގަ މިދިލި ގަހެއް އިންދާނީ. ސަތޭކަ އަހަރު ހުންނާނެ. ނަސީދު ނެތަސް
2 0

ޒަންޖަބީލް

27 ނޮވެމްބަރު 2025
އަހަރުވީ ތިޔަ ގަހުން ލިބުނުފައިދާއަކީ ކޮބާތޯ؟ ރަށްގިރާވަރުން ގިރަމުންދޭ. ގަސްކޮށްދޭ ކަމެއްނެތް. ތިގަހުން ގެއްލުންވޫންނޫންކަމެއް ނުފެނޭ. ކައިރީގައި ހުރި އިމާރާތްތައް ހަލާކުވަނީ. ބުމާތދިަށް އަޅުކަންކުރާ މީހުންވެސް ކަލާނގެއަކަށް ހަދާގެން އެއުޅެނީ އެބުދު ކޮށްދޭ އެއްވެސްކަމެއްނެތް. މާތިމާވެށިކަމަށް ހެދިގެން އުޅޭމީހުން ތިކަންކަމާދެކޮޅުހަދާނެ. އެއީ ދެން ކޮންމެސް ބައެއްގެ ރުހުންހޯދަން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް