ހުޅުމާލެ (ދައުރު ފައިލް ފޮޓޯ/އަލީ ރަފީގް)

ސިޔާސަތަކީ ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުން؛ އެ މަޝްވަރާތައް ކުރިއަށް އެބަދޭ: މިނިސްޓަރު

މިނިސްޓަރު ނާޒިމް ވިދާޅުވީ އާބާދީ އިތުރުވާ ކޮްންމެ ތަނަކަށް ސިއްހީ ހިދުމަތަށް އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް

މި ސަރުކާރުގެ ސިޔާސަތަކީ ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އިމާރާތް ކުރުން ކަމަށާއި އެ މަޝްރޫއުއަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު ނާޒިމް މިގޮތަށް ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން އޭނާ ސުވާލުކުރެއްވީ:

  • ރާއްޖޭގެ ވަރަށް ބޮޑު އާބާދީއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅެމުން އަންނަ ކަމަށާއި އެ ތަނުގެ ސިއްހީ ނިޒާމުގެ ކަންކަން ވަރަށް ބޮޑަށް އޮތީ ރަނގަޅު ކުރަން ޖެހިފައި

  • އެއާ އެކު އޭނާ އެއްސެވީ ހުޅުމާލެ އުތުރުގައި ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށިގެންދާނީ ކޮން އިރަކުތޯ

  • މެންބަރު އެގޮތަށް ސުވާލު ކުރެއްވި ނަމަވެސް އެއީ ސަރުކާރުން މީގެ ކުރިން އިއުލާންކުރި މަޝްރޫއުއެއް ނޫން

މިއަދުގެ މަޖިލިސް ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ބުނީ ކީކޭ؟ - މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އާބާދީ އިތުރުވާ ކޮްންމެ ތަނަކަށް ސިއްހީ ހިދުމަތަށް އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. އެ ގޮންޖެހުންތަކުން އަރައިގަތުމަށް "މި ސަރުކާރުގެ ސިޔާސަތަކީ ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިންޓަނޭޝަނަލް ޑޯނާއަކަށް ނުވަތަ އިންޓަނޭޝަނަލް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ގެންދާ ޕޮރެޖެކްޓް [ހުޅުމާލޭގައި އިތުރު ހޮސްޕިޓަލުގެ މަޝްރޫއޫ]އެއްގެ ގޮތުގައި ގެންދަން ރޭވިފައި ވަނީ. އެ މަޝްވަރާތައް ކުރިއަށް އެބަ ގެންދޭ،" ނާޒިމް ވިދާޅުވި އެވެ.

މަޝްރޫއޫގެ އިތުރު ތަފްސީލެއް ހާމަ ނުކުރައްވައި ނާޒިމް ވިދާޅުވީ ވަރަށް އަވަހަށް އެކަން ހަގީގަތަކަށް ވެގެންދާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް