ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ):

މިސްކިތްތައް

މިސްކިތަށް ގެއްލުން ދިނުން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމަނަން ހުށަހަޅައިފި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދަޅުވީ މިސްކިތްތަކަށް ގެއްލުން ދިނުން މިހާރު އާންމުވެފައިވުން

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ގާނޫނުގައި ހިމެނުމަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދަޅުވީ މިސްކިތްތަކަށް ގެއްލުން ދިނުން މިހާރު އާންމުވެފައިވުމެވެ.

ތަފްސީލް - މެންބަރު މުހައްމަދު އިބްރާހިމް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި މިސްކިތްތަކަށް ގެއްލުންދިނުން ހިމެނުމަށެވެ.

"ކޮންމެ ފަހަރަކު މީޑިއާތަކުގެ ފަލަ ސުރުހީއަށް ނޭރި ނަމަވެސް، މިސްކިތްތަކަށް ގެއްލުންދިނުން އާއްމުވެއްޖެ. މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭކަމެއް،" މެންބަރު ވިދާޅުވި އެވެ.

މި އިސްލާހު ހުށަހެޅުއްވީ މެންބަރު ފާހަގަކުރައްވާފައިވާ ގޮތުގައި:

  • ރާއްޖެއަކީ 100 އިން 100 އިސްލާމީ ގައުމަކަށް ވާއިރު މިސްކިތްތަކަށް ގެއްލުންދިނުން އާންމުވެ އެފަަދަ އަމަލުތައް ތަކުރާރުވަމުން ދާތީ

  • މިއީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭނެ ކަމަކަށް ވާތީ

  • މިސްކިތުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށް ވާއިރު އެފަދަ އަމަލުތައް ޓެރަރިޒަމްގެ ކުށުގެ ތެރޭ ހިމެނުމަކީ މުހިއްމު ކަމަކަށް ވާތީ

ފާހަގަ ކުރެވޭ - މާލެ އާއި ރަށްރަށުގެ މިސްކިތްތަކަށް ގެއްލުންދޭ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. މި ފަހުން ވެސް މާލޭ ތޮއިބާ މިސްކިތާއި އައްޑޫގައި ހުންނަ މިސްކިތަކަށް ގެއްލުން ދިން މައްސަލަ ފެންމަތިވި އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް