ނޭޝަނަލް ޑްރަގް އެޖެންސީ. (ފޮޓޯ/ ޕީއެސްއެމް)

އެންޑީއޭ

ޑްރަގާ އެކު އަނެއްކާވެސް އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި

ބަންދުގެ މައްދަތު ޖަހަން އޭނާ މިއަދު ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައި

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ވީ ކިިހިނެއް؟ - މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިސްމާއިލް އަބްދުﷲ، 42، ގދ.ގައްދޫ އެވެ.

ބަންދުގެ މައްދަތު ޖަހަން މިއަދު ކޯޓަށް އޭނާ ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ފަސް ދުވަހުގެ ބަންދުގެ މުއްދަތު ދިނީ ވަކީލަކު ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

ތަފްސީލް - ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި، އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފޭންކޮޅެއް އޭގެ ތެރެއިން ފެނިފައިވެ އެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު ޓީއެޗުސީއަށް ޕޮޒިޓިވްވެފައިވެ އެވެ.

ކޯޓުގައި އޭނާގެ ފަރާތުން އެ ކުށަށް އިންކާރުކޮށްފައެއް ނުވަތަ އެއްބަސްވެފައެއް ވެސް ނުވެ އެވެ. ވަކީލަކު ބޭނުންވާ ކަމަށް ބުނުމަށް ފަހު އޭނާ ބުނެފައިވަނީ އޭނާއަކީ އެންޑީއޭގެ ވަޒީފާގައި އުޅޭ މީހެއް ކަމަށާއި ކުޑަ ދަރިންތަކެއްގެ ބައްޕައެއް ކަމަށެވެ.

ގުޅުންހުރި - އެންޑީއޭގައި ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި މީހަކު ވެސް މިފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް (1)

މައުސޫމް ޒުބެއިރު

26 ނޮވެމްބަރު 2025
ހުޅުދޫމީދޫގައި ހިންގާ ސެންޓަރުގައިވެސް އުޅޭނެ ތަނަށް އެއްޗެހި ވައްދަދީ ހަދާ ދެމީހުން. ދައުލަތުން ހުރިހާ ހަރަދެއް ބަލަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް