ކްލަޔަންޓުންނަށް ޑްރަގު ދީ ނަހަމަ ގުޅުން ހިންގާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު ފަސީހު (ފޮޓޯ/ޕޮލިސް)

އެންޑީއޭ

ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދޭ ކަމުގެ ތުހުމަތުކުރެވޭ އެންޑީއޭ މުވައްޒަފުގެ ބަންދަށް 15 ދުވަސް

އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރީ އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި މުހައްމަދު ފަސީހު

ފުލުހުން ހައްޔަރުކޮށްފައިވާ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. 

ވީ ކިހިނެއް؟ - ފުލުހުން އިއްޔެ ބުނިގޮތުގައި އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި، މުހައްމަދު ފަސީހު، 51، ފްލޮރިޑާ/ސ. ފޭދޫ، ހައްޔަރުކުރީ، އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގަ އެވެ.

ތަފްސީލް - އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް (1)

ސިކުނޑި

22 ނޮވެމްބަރު 2025
އިވާނު މައްސަލައިގައި ޖަލުގައި ބަޑި ޖެހިއިރު އަތައް ވަޒަންއެރި ސޮރެއްނުމީ! ކިހިނެތް މެންޓޯރއަކަށް މީނަ ލާފަ މިހިރީ! ބޯ ހަލާކު!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް