މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ކުރުމަށް ކޯޓުތަކުގެ މުވައްޒަފުން ކަޅު ހެދުމުގައި.
މުސާރައިގެ ބަދަލަށް ހިތްހަމަނުޖެހި ޝަރުއީ ދާއިރާގެ މުވައްޒަފުން އޮފީހަށް ނުކުތީ ކަޅުހެދުމުގައި
މި މަހުން ފެށިގެން މުސާރައިގެ އާ އޮނިގަނޑަށް އަމަލު ކުރަން ފަށާފައިވާއިރު، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ކުރުމަށް ކޯޓުތަކުގެ މުވައްޒަފުން ކަޅުހެދުމުގައި މިއަދު އޮފީހަށް ނުކުމެއްޖެ އެވެ.
ވީ ކިހިނެއް؟ - މުސާރައަށް ގެނައި ބަދަލާ މެދު އިހުތިޖާޖު ކުރުމަށް މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގެ ކޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް މިއަދު އޮފީހަށް ނުކުތީ ކަޅުހެދުމުގަ އެވެ.
ތަފްސީލް - މުސާރައާ ގުޅިގެން ހިމޭން އިހުތިޖާޖެއް ކުރުމުގެ އިތުރުން ޝަރުއީ ދާއިރާގެ މުވައްޒަފުން އަންނަނީ އެ މީހުންގެ ހުރި ކަންބޮޑުވުންތަކާ އެކު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންނެވެ.
އަލަށް ގެނައި ބަދަލުގެ ތެރެއިން ލީގަލް އޮފިސަރުންނަށް ލިބެން ޖެހޭ ބައެއް އިނާޔަތްތައް މަދުވެ، އިތުރު ގަޑީގެ ފައިސާ ކެޕްކުރުމާއި ޖޮބް މެޓްރިކްސްއަށް ގެނައި ބަދަލުގެ ސަބަބުން ޖުމުލަ ލިބޭ މުސާރަ ކުރިއަށް ވުރެ ވެސް ވަނީ ކުޑަވެފަ އެވެ.
ގުޅުންހުރި - މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު ލީގަލް އޮފިސަރުންނަށް އޭގެ ފައިދާ ނުފެންނާތީ މީގެ ކުރިން އެކި އިދާރާތަކުގައި މަސައްކަތް ކުރާ 81 ލީގަލް އޮފިސަރުން ސޮއިކޮށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކަށް ވަނީ ޕެޓިޝަނެއް ފޮނުވައިފަ އެވެ.
ކޮމެންޓް (8)
ސައިޒު
މަލާ
ބބބވވ
ސަންތި
ވވވބބބބ
ކޮންޓިނެންޓަލް
މަަަ
މަރްޔަމްް