މުޒާހަރާއެއްގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަނި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން

ކުޑަކުދިންތަކެއް ކުޅުނު މެޗެއްގައި ފުލުހަކު ކުއްޖަކަށް އަނިޔާކުރި މައްސަލައެއް

މި މައްސަލަ ފުލުހުން ބަލަމުން ދަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އާއި ފުލުހުންނާ ގުޅޭ އިދާރީ މައްސަލައެއްގެ ގޮތުގައި
23 ނޮވެމްބަރު 2025

މެދުރާއްޖެ ތެރޭގެ ރަށެއްގައި، ކުޑަކުދިންތަކެއް ކުޅުނު ފުޓްސަލް މެޗެއްގައި ހިނގި ހަމަނުޖެހުމެއްގައި، ފުލުހަކު ކުޑަކުއްޖަކަށް އަނިޔާވެދާނެ ގޮތަކަށް އަމަލުކޮށް، ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟- ފުލުސް އޮފީހުން މިރޭ ބުނިގޮތުގައި މިދިޔަ ހުކުރުދުވަހު ހަވީރު ކުޅުނު އެ މެޗުގައި ހަމަނުޖެހުން ހިނގީ ކުޑަކުދިންގެ މެދުގަ އެވެ. އެކަމަކު އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ ގޮތަކަށް އަމަލުކޮށް ބިރު ދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލަ ބަލަނީ، ދެ ބަޔަކަށެވެ. އެއީ:

  • އަނިޔާކޮށް، ބިރު ދެއްކި ކަމަށް ބުނާތީ ޖިނާއީ މައްސަލައެއްގެ ގޮތުގައި

  • ފުލުހަކު ހިމެނޭ މައްސަލައަކަށް ވާތީ، އޭގެ އިދާރީ ބައި. އެ ބައި ތަހުގީގު ކުރަނީ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން

އެނގުން މުހިއްމު- މިއީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، މި މައްސަލައިގައި އިތުރު މާ ބޮޑު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް