ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އާ އިމާރާތުގެ ބިންގާ އަޅަނީ (ފޮޓޯ/ހއ. އަތޮޅު ހޮސްޕިޓަލް)

ހއ. ދިއްދޫ

ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އިމާރާތުގެ ބިންގާ އަޅައިފި

މި ހޮސްޕިޓަލުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައި
22 ނޮވެމްބަރު 2025
1

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި އަލަށް ހަދާ، ފަސް ބުރީގެ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ވީ ކިހިނެއް؟- ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ނިންމާ، މި އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވުމަށް މިއަދު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ދިއްދުއަށް ވަޑައިގަތުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަނީ

އެމްޓީސީސީން އަޅާ 50 އެނދުގެ މި އިމާރާތުގައި ގިނަ ހިދުމަތްތަކެއް ދިނުމަށް ދޭން ވަނީ ނިންމާފަ އެވެ. އެގޮތުން:

  • އައިސޮލޭޝަން ފެސިލިޓީ

  • ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގައި ސީޓީ އާއި އެމްއާރުއައި މެމޮގްރަފީ އާއި އަލްޓްރާ ސައުންޑުގެ ހިދުމަތް

  • މި އިމާރާތުގެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމެންޓު ސެންޓަރަކާއި އިންޑަސްޓްރިއަލް ލޯންޑްރީ އާއި އޮކްސިޖަން ޕްލާންޓް ގާއިމް ކުރުން ހިމެނޭ

ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް (ވާތް ފަރާތުން ދެވަނައަށް) އާއި އެހެން ބައެއް ވެރިން (ފޮޓޯ/ހއ. އަތޮޅު ހޮސްޕިޓަލް)

އެނގުން މުހިއްމު- މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 185.6 މިލިޔަން ރުފިޔާއަށެވެ.

ކޮމެންޓް (1)

ޤައުމިއްޔަތު

22 ނޮވެމްބަރު 2025
މުއިއްޒު ނެތި ތިގޮތަށް ބިންގާ އެޅޭތަ؟ ލޮލް
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް