އެކްސިޑެންޓުތައް ގިނައިން ހިނގާ ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ސަރަހައްދު

އެކްސިޑެންޓުތައް ގިނަ؛ މިތަނުން ދުއްވާއިރު ސަމާލުވާތި

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕަމްޕު ސްޓޭޝަން ކައިރީގައި ގިނައިން އެކްސިޑެންޓުތައް ހިނގާ ކަމަށް
20 ނޮވެމްބަރު 2025
2

ކޮއިމަލާ ހިނގުމާ ގުޅޭ ގޮތަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދަކީ އެކްސިޑެންޓުތައް ގިނައިން ހިނގާ ހިސާބެއް ކަމަށާއި އެހެންވެ، އެ ތަނުން ދުއްވާއިރު ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - މި ސަރަހައްދު ފާހަގަކުރުމަށް ފުލުހުން މިހާރު ވަނީ އެތަނުގައި ބޯޑެއް ވެސް ބަހައްޓާފަ އެވެ. ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕަމްޕް ސްޓޭޝަންގައި ހަރުކޮށްފައިވާ ބޮޑު ބޯޑުގައި ލިޔެފައިވަނީ 'އެކްސިޑެންޓް ހިނގާ ސަރަހައްދެއް' ކަމަށެވެ.

އެކްސިޑެންޓުތައް ގިނައިން ހިނގާ ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ސަރަހައްދު

ބުނީ ކީކޭ؟ - ފުލުހުން ބުނީ:

  • ވަރަށް ގިނަ އެކްސިޑެންޓުތައް އެ ސަރަހައްދުގައި ހިނގާ

  • އެ ހިސާބުން ދުއްވާއިރު އިތުރަށް ސަމާލުވާން ޖެހޭ

  • އުޅަނދުގެ ދުވެލި މަޑުކޮށް، އިތުރު ސަމާލުކަން ދީގެން، މަގުމަތީގެ ގަވައިދުތަކާ އެއްގޮތަށް ދުއްވުމަށް އެދޭ

  • އުޅަނދު ދުއްވާއިރު އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމަށް ވެސް ވަނީ އެދިފައި

"މި ސަމާލުކަމުގެ ސަބަބުން، އަމިއްލަ މީހާ އާއި އެހެން މީހުންގެ ފުރާނަ ވެސް ސަލާމަތް ކުރެވިދާނެ އެވެ،" ސޯޝަލް މީޑިއާގައި ފުލުހުން އެދިފައިވެ އެވެ.

ކޮމެންޓް (2)

އަސްލަމް ޝާކިރު

20 ނޮވެމްބަރު 2025
ތިތާ މަގުމެދަށް ނުކުމެފަ ތިހިރަ ޕަމްޕް ސްޓޭޝަން ނުނެގެނީ ކީއްވެތަ؟
0 0

ބޱބދބދބ

20 ނޮވެމްބަރު 2025
އެހެންދޯ ވާނީ ޓްރެކަށް މޫދަށް އެރޭ މީހުން ހުރަސް ކުރަން އޮންނަ ކަފިހި ހުރަސް އޮންނަނީ ހުޅުމާލެއިން ބާރު ސްޕީޑުގަ އަންނަ ވެހިކަލިތައް ދުއްވާ ހައިވޭއެއްގެ ފެށޭތަނާ ކައިރީގަ. ދެން ކަފިހި ހުރަހެއް އޮތީތީ ހުރަސް ކުރާ މީހުން ބަލައެއް ނުލާނެ ހުރަސްކުރާއިރު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް