ކްލަޔަންޓުންނަށް ޑްރަގު ދީ ނަހަމަގުޅުން ހިންގާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފަސީހު (ފޮޓޯ/ޕޮލިސް)

ފުލުހުން

ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދޭކަމުގެ ތުހުމަތުގައި އެންޑީއޭ މީހަކު ހައްޔަރުކޮށްފި

އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކުރީ މުހައްމަދު ފަސީހު

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި އެންޑީއޭގެ ފަރުވާގައި ބައިވެރިވާ މީހެއް ނުވަތަ ޕިއާ މެންޓާއަކު މިއަދު ހައްޔަރުކޮށްފި އެވެ.

ތަފްސީލް - ފުލުހުން މިއަދު ބުނީ އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތިދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި މުހައްމަދު ފަސީހު، 51، ފްލޮރިޑާ/ސ. ފޭދޫ ކަމަށެވެ.

ފަސީހު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް