ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން. (ފައިލް ފޮޓޯ/ ޕީޕީއެމް)

ހިޔާ އާއި ވިނަރެސް ފްލެޓަށް އާންމުން ނެގި ލޯނުގެ އިންޓްރެސްޓު ކުޑަކުރަނީ

އެ ލޯނުތަކަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވާތީ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކާ މަޝްވަރާކޮށްފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވި

ހިޔާ އަދި ވިނަރެސް ފްލެޓާ ގުޅިގެން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އާންމުން ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓު ރޭޓު ކުޑަކޮށްދިނުމަށް އެ ބޭންކުގައި އެދިވަޑައިގެންފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސްް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ލޯނުތަކަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވާތީ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

ތަފްސީލް - ރައީސް ވިދާޅުވީ:

  • ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތަކަށް ބީއެމްއެލް އިން 535 ލޯނު ދޫކޮށްފައިވޭ

  • ވިނަރެސް ފްލެޓު ގަތުމަށް 26 ލޯނު އެ ބޭންކުން ވަނީ ދޫކޮށްފައި

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް މިހާރު ކަނޑައަޅާފައިވާ އިންޓްރެސްޓު ރޭޓު %12 އިން %10އަށް ކުޑަކޮށްދިނުމަށް އަދި ލޯނު ދައްކަން ދަތިވެ، ނުދެއްކިފައިވާ މީހުންނަށް އެ ލޯނު އަނބުރާ ދެއްކޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައިދޭން އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ވިނަރެސް ފްލެޓު ގަތުމަށް ދޫކޮށްފާއިވާ ލޯނަށް ނަގާ އިންޓްރެސްޓު ވެސް %9 އިން %8އަށް ކުޑަކުރުމަކީ ކުރެވިދާނެ ކަމެއްކަން ބީއެމްއެލް އިން މައުލޫމާތު ދީފައިވާތީ، އެ އިންތިޒާމު އުސޫލުތަކުގެ ތެރެއިން ހަމަޖައްސައިދޭން އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފާހަގަަ ކުރެވޭ - ހިޔާ ފްލެތުތައް ދޫކުރީ ފިނިޝިން މަސައްކަތް ނުނިންމާ ކަމަށްވާތީ އެ ތަނަށް ވަނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ގިނަ ބަޔަކު ބޭންކުން ލޯނު ނެގި އެވެ.

މީގެ އިތުރުން، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް، އެ ތަންތަން ލިބުނު މީހުން ހަރަދުކުރި 200،000ރ. އަނބުރާދޭނެ ކަމަށް ވެވަޑައިގެންވި ވައުދު ފުއްދުމަށްޓަކައި އެ ތަންތަނުގެ ކުލިން 100،000ރ. ކެނޑޭ ގޮތަށް ކުއްޔަށް ވަނީ ބަދަލު ގެނެސްފަ އެވެ.


ކޮމެންޓް (1)

ސިކުނޑި

16 ނޮވެމްބަރު 2025
ހެލޯ ރައީސް! ކޮބައިތޯ ވެށިފަހި ބީ ކެޓެގަރީގެ ގާކޮށްޓާއި، އަރަބިއްޔާ ފްލެޓްއަށް ލޯނު ނެގިމީހުންނަށް ކުޑަކޮށްދޭންބުނި ބައި! އެވެސް ވައުދެއް އިނގޭތޯ! އަކުރުން ފިއްޔަށް ވައުދު ފުއްދަވާނަމަ އެކަންވެސް ކުރަންވާނެ! އެވެސް ސޯޝަލް ސްކީމެއްކަމެއް ކޮމާޝަލް ސްކީމެއް ކަމެއް ކުރީގެ ހައުސިން މިނިސްޓަރު ފިޔަވައި އެހެން އެއެވެސް މީހަކަށް ނޭނގެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް