މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް އައްޔަންކުރި ހަމްދީ އަގީލު.

މީޑިއާ ކޮމިޝަނުގެ އެސްޖީއަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ އައްޔަންކޮށްފި

ހަމްދީ އަގީލް ޕީސީބީން ވަކިކުރީ މިދިޔަ ފެބްރުއަރީގައި؛ އެ މަގާމުން އޭރު އޭނާ ވަކިކުރި ސަބަބެއް ހާމައެއް ނުކުރޭ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ކުރީގެ ރައީސް ހަމްދީ އަގީލް މިއަދު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕީސީބީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ހަމްދީ އަގީލް އެ މަގާމުންނާއި އެ ބޯޑުން ވަކިކުރީ މިދިޔަ ފެބްރުއަރީގަ އެވެ. 

ތަފްސީލް - މީޑިއާއާ ގުޅޭ އާ ގާނޫނުގެ ދަށުން، މީޑިއާތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިފަހުން އުފެއްދި މި ކޮމިޝަންގެ އެސްޖީކަމަށް އަގީލު އައްޔަންކުރިކަން ހާމަކުރީ އެ ކޮމިޝަނުން މިއަދު ކުރި ޕޯސްޓެއްގަ އެވެ. 

ޖުމްލަ 35،000ރ.ގެ މުސާރައަކަށް، އެ މަގާމަށް މީހަކު ހޯދަން އިއުލާންކުރީ މިދިޔަ މަހު އެވެ. އެ މަގާމަށް އައްޔަންކުރާ މީހަކީ މީޑިއާގެ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވާ ނުވަތަ މަދުވެގެން ފަސް އަހަރުދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ.

ހަމްދީ ވަނީ މީގެ ކުރިން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް