ހަމްދީ އަގީލު. (ފޮޓޯ/އެޑިޝަން.އެމްވީ)

ޕީސީބީގެ ރައީސް ހަމްދީ އަގީލް ވަކިކޮށްފި

ހަމްދީ މަގާމުން ވަކިކޮށްފައި މި ވަނީ، ޕީސީބީން ސަރުކާރު ކުންފުނިތަކަށް އިއްޔެ ދެ ސާކިއުލާއެއް ނެރުނުތާ އިރުކޮޅެއްގެ ތެރޭގައި
13 ފެބްރުއަރީ 2025
1

ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް ހަމްދީ އަގީލް އެ މަގާމުން ރޭ ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު އެ ނިންމެވުން ނިންމެވީ ކީއްވެ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ތަފްސީލް - ހަމްދީ އެ މަގާމަށް އައްޔަންކުރީ 22 ނޮވެމްބަރު 2023ގަ އެވެ.

ހަމްދީ ޕީސީބީއަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފަ އެވެ.

އެނގުން މުހިންމު - ހަމްދީ މަގާމުން ވަކިކޮށްފައި މި ވަނީ، ޕީސީބީން ސަރުކާރު ކުންފުނިތަކަށް އިއްޔެ ދެ ސާކިއުލާއެއް ނެރުނުތާ އިރުކޮޅެއްގެ ތެރޭގަ އެވެ. އެއް ސާކިއުލާއަކީ ރޯދަ އިނާޔަތް ދިނުމާ ގުޅޭ ގޮތުން ނެރުނު ސާކިއުލާއެކެވެ. އަނެއް ސާކިއުލާއަކީ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް މި ވަގުތު އަޅަންވީ ފިޔަވަޅުތަކުގެ ސާކިއުލާއެކެވެ.

ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި ރޯދަ މަހާ ދިމާކޮށް ހަދިޔާ އާއި ހަދިޔާގެ ގޮތުގައި އިތުރު ފައިސާ ނުދިނުމަށާއި ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައި ބެހެއްޓުމަށް ޕީސީބީން އިއްޔެ އެ ކުންފުނިތަކަށް އަންގާފައިވެ އެވެ.

ކޮމެންޓް (1)

ދަޔާ

13 ފެބްރުއަރީ 2025
ކުޗްތޯ ގަޑް ބަޑް ހޭނ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް