ބައްސާމް ކްރިމިނަލް ކޯޓުގައި މީގެ ކުރިން އޮތް އަޑުއެހުމަކަށް ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދެކޮޅު ހަދާތީ ބައްސާމް އެންމެ ފަހުން ޝަރީއަތަށް ހާޒިރުކުރީ ކުލަ ހެދުމުގައި

ހެކިބަސް ނަގަން ތާވަލުކުރި އެ އަޑުއެހުމަށް އެ މައްސަލާގައި ދައުވާ ލިބޭ އަގީލު ހާޒިރުނުވާތީ އަޑުއެހުން ކުރިއަށް ގެންދެވިފައެއްނުވޭ؛ މާދާމާގެ އަޑުއެހުމަށް އަގީލު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރަން ގާޒީ މިއަދު ވަނީ އަމުރުކޮށްފައި

ޖަލު ހެދުމުގައި ޝަރީއަތަށް ހާޒިރުކުރަން ދެކޮޅު ހަދާތީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުލަ ހެދުމުގައި މިއަދުގެ ޝަރީއަތަށް ހާޒިރުކޮށްފި އެވެ.

ވީ ކިިހިނެއް؟ - ފީފާއިން އެފްއޭއެމްއަށް ދިން ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕާޓްމަންޓެއް ގަނެ އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލާގައި މިއަދު 8:15ގައި އަޑުއެހުމެއް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. އެކަމަކު ޖަލު ހެދުމުގައި ބިޑިއަޅުވައިގެން ޝަރީއަތަށް ހާޒިރުވުމަށް ބައްސާމު ދެކޮޅު ހަދާތީ، އެ އަޑުއެހުން މިއަދު ފެށުނީ 11 ޖެހިއިރެވެ. 

ތަފްސީލް - 11 ޖެހިއިރުގެ އަޑުއެހުމަށް ބައްސާމް ހާޒިރުކުރީ ކުލަ ހެދުމުގައި ބިޑި އަޅުވައިގެންނެވެ.

ދައުލަތުގެ ހެކިންގެ ހެކިބަސް ނަގަން މިއަދު ތާވަލުކުރި އެ އަޑުއެހުމަށް އެ މައްސަލާގައި ދެން ހިމެނޭ މުހައްމަދު އަގީލް ހާޒިރުނުވާތީ އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލީ އެވެ. އެގޮތުން މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ނިންމެވީ:

  • ހެކިބަސް ނެގުމަށް މާދަމާ އަޑުއެހުމެއް ބާއްވަން

  • އެ އަޑުއެހުމަށް އަގީލު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރަން އަމުރުކުރެއްވި

  • ބައްސާމުގެ ވަކީލުންނާ ބައްދަލުކުރަން ދަތިތައް ހުރިކަން ފާހަގަކުރާތީ ވަކީލު ބައްދަލުވުންތައް ފަހިކޮށްދެއްވުމަށް ކަރެކްޝަނަށް އެންގެވި

އެނގުން މުހިންމު - މިހާރު ވެސް އެފްއޭއެމްގެ ކޮރަޕްޝަންގެ ދެ މައްސަލައެއްގައި ނުވަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބައްސާމްގެ މައްޗަށް މި ވަގުތު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލާގައި އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ. މީގެ އިތުރުން، ބައްސާމު އަމިން އެވެނިއުގައި އުޅުއްވި ދެ އެޕާޓުމެންޓް ވެސް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފަ އެވެ.

މި މައްސަލާގައި ބައްސާމްގެ އިތުރުން ދައުވާކޮށްފައިވަނީ:

  • އަގީލް، ފެހިކުރި/ގއ. ގެމަނަފުށި - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  •  ހަސަން ވަހީދު، މ. ހިރިނައިދޫ - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

  • އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް