މާލޭގައި ހިދުމަތްދެމުންދާ ބަހަކަށް އާންމުން އަރަނީ (ފައިލް ފޮޓޯ/އެމްޓީސީސީ)
ޕީއެންސީގެ ޖަލްސާއާ ގުޅިގެން 5 ރޫޓެއްގެ ބަހުގެ ހިދުމަތް މެދުކަނޑާލައިފި
ވެރިކަންކުރާ ޕާޓީ، ޕީއެންސީއިން މިރޭ ބާއްވާ ޖަލްސާއާ ގުޅިގެން، މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ފަސް ރޫޓެއްގެ ބަހުގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
ވީ ކިހިނެއް؟ - 'ދިވެހީންގެ ރާއްޖެ' ނަމުގައި ޕީއެންސީން މިރޭ 8:30ގައި އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާއާ ގުޅިގެން ފުލުހުން ވަނީ، ބޮޑުތަކުރުފާނުމަގުގެ ރާޅުގަނޑާ ހިސާބުން ފެށިގެން ކާނިވާ ސަރަހައްދާއި އެ ސަރަހައްދާ އިންވެގެން އޮންނަ ގޯޅިތައް ވެސް ބަންދުކޮށްފަ އެވެ.
ތަފްސީލް - އެމްޓީސީސީން މިރޭ ނެރުނު އެންގުމެއްގައިވާ ގޮތުން، މާލޭގައި ބަހުގެ ހިދުމަތް ދެމުންދާ ބައެއް ރޫޓުތައް ބަންދުކުރަނީ މިރޭ އިރުއޮއްސި 6 އިން ފެށިގެން 12:30ގެ ނިޔަލަށް އާޓިފިޝަލް ބީޗު ސަރަހައްދު ބަންދުކޮށްފައިވާތީ އެވެ.
މެދުކަނޑާލާ ރޫޓުތަކުގެ ތެރޭގައި ހުޅުމާލޭގެ ދެ ފިޔަވައްސާއި މާލެއާ ދެމެދު ދަތުރުކުރާ އެންމެ ބާރުބޮޑު ބަސް ރޫޓުތައް ހިމެނެ އެވެ.
ބަހުގެ ހިދުމަތް މެދުކަނޑާލާ ރޫޓުތަަކަކީ:
-
އާރް 2
-
އާރް 8
-
އާރް 10
-
އާރް 11
-
އާރް 12
މި ސަރުކާރަށް ދެ އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ މި ޖަލްސާއަކީ ރައީސް މުހައްމަދު މުއިއްޒަށް އޮތް ތާއީދު މުޅި ރާއްޖެއަށް ދައްކައިދިނުމުގެ ހަރަކާތެއް ކަމަށް ޕީއެންސީން ބުނެ އެވެ.
ކޮމެންޓް (1)
ތެފައާސާ.