މާފަރު އެއާޕޯޓު ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން (ފޮޓޯ/އައިއޭއެސް)

މާފަރު އެއާޕޯޓް

މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަން ޗައިނާ ކުންފުންޏަކަށް

މާލެ ފިޔަވާ އެންމެ ގިނަ ޕްރައިވެޓު ޖެޓު ޖައްސާ މާފަރު އެއާޕޯޓުގެ ރަންވޭ ވެސް ކޯޑު-އީ ފެންވަރަށް ބޮޑުކޮށް، މި އަހަރު ވަނީ ބޭނުންކުރަން ފަށާފައި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ހުނާން ނަންބަރު 6 އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއާޕޯޓު ހިންގާ އައިލެންޑު އޭވިއޭޝަނުން ވަނީ ހުނާން ނަންބަރު 6 އިންޖިނިއަރިން ކުންފުންޏާ އެކު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ތަފްސީލް - ދެ ފަންގިފިލާއަށް ތަރައްގީ ކުރާ ޓާމިނަލް މަސައްކަތުގެ އަގަކީ 3.6 މިލިއަން ޑޮލަރެވެ. މަސައްކަތް ހަވާލުކުރީ 10 މަހުން ނިންމާ ގޮތަށެވެ.

އައިއޭއެސް އިން މީގެ ކުރިން ބުނީ މާފަރު އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ފަސިންޖާ ޓާމިނަލް އިތުރަށް ބޮޑުކޮށް ލައުންޖުތަކާ އެކު ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތައް ލިބޭ އެއާޕޯޓަކަށް މާފަރު އެއާޕޯޓު ހަދާނެ ކަމަށެވެ.

މާލެ ފިޔަވާ އެންމެ ގިނަ ޕްރައިވެޓު ޖެޓު ޖައްސާ މާފަރު އެއާޕޯޓުގެ ރަންވޭ ވެސް ކޯޑު-އީ ފެންވަރަށް ބޮޑުކޮށް، މި އަހަރު ވަނީ ބޭނުންކުރަން ފަށައިފަ އެވެ.

  • އެއާޕޯޓުގެ އޮޕަރޭޝަންތައް 2019 ވަނަ އަހަރު ފެށި ފަހުން 3،000އަށް ވުރެ ގިނަ ބައިނަލްއަގުވާމީ ފްލައިޓު އެ އެއާޕޯޓަށް އޮޕަރޭޓުކޮށްފައިވޭ

އެނގުން މުހިންމު - ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ ޕްރައިވެޓު ޖެޓު ޖައްސާ އެއާޕޯޓުގެ ޕާކިން ޖާގަ އިތުރު ކުރުމަށް މިހާރު ވެސް މަޝްރޫއެއް ކުރިއަށް އެބަދެ އެވެ. އެ މަޝްރޫއު ނިމުމުން މާފަރު އެއާޕޯޓުގައި އެއްފަހަރާ 30 ޖެޓަށް ޕާކު ކުރެވޭނެ އެވެ.

އައިލެންޑު އޭވިއޭޝަނުން ބުނީ ނ. އަތޮޅާއި މުޅި އެ ސަރަހައްދުގެ ތަރައްގީގައި ވެސް މުހިއްމު ދައުރެއް އަދާކުރާނެ މާފަރު އެއާޕޯޓަށް ބޭރުގެ އެއާލައިންތަކުގެ ދަތުރުތައް ފެށުމަށް އެއާލައިންތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީ ކުރި އެއާޕޯޓެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް