އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހްމަދު ޝިފާން (ފޮޓޯ/ޕީއެސްއެމް)

ފުލުހުން

ފުލުހުންގެ ރެކޯޑުތައް ހުންނަ ސިސްޓަމާ ކުޅެފައިވާ ކަމަށް ވިދާޅުވެ މައްސަލަ ބަލަން ޝިފާން އެދިވަޑައިގެންފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޝިފާންގެ މައްޗަށް ތުހުމަތުކުރެވޭ ބަދުއަހުލާގީ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭ ސިޓީއެއް މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައި؛ ޝިފާން ވިދާޅުވީ ފުލުހުންގެ ރެކޯޑުތައް ހުންނަ ސިސްޓަމާ ބަޔަކު ކުޅެ، ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ހިމެނީ ކަމަށް
10 ނޮވެމްބަރު 2025
1

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ މައްޗަށް ބަދުއަހުލާގީ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ފުލުހުންގެ ރެކޯޑުތައް ހުންނަ ސިސްޓަމްގެ ތެރެއަށް ވައްދާފައިވާ ކަމަށް ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް އޮންނަ 241 ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީއެއްގައި ތުހުމަތުކޮށްފައި އޮންނަނީ:

  • ފުލުހުންގެ އަންހެން މުވަައްޒަފުންނާއި ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކު ނަހަމަ ގުޅުންތަކެއް ބާއްވަމުން ދިޔަ ކަމަށް

  • ބައެއް އަންހެން މުވައްޒަފުންނާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލުތަކެއް ހިންގާފައިވާ ކަމަށް

  • ބައެއް ފުލުހުން ފްރޭމްކުރަން އުޅުމާއި ނުފޫޒުން ބައެއް ކަންކަން ކުރުން ފަދަ ކޮރަޕްޝަންގެ ތުހުމަތުތަކެއް

މި ސިޓީ އިއްޔެ ލީކުކޮށްލާފައިވާ އިރު، އެ ކަމާ ގުޅިގެން ޝިފާން ވަނީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީންއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

ތަފްސީލް - ޝިފާން ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމިޝަން (ޕީއެސްސީ)ގައި އޭނާއާ ގުޅޭ ގޮތުން ރެކޯޑުކޮށްފައިވާ ޒާތީ މައުލޫމާތަށް ބަދަލުތަކެއް ގެނެސްފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރަކު ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމަށް ސިޓީގައި ވިދާޅުވެފައެއް ނުވެ އެވެ. އެގޮތުން:

  • ޕީއެސްސީގައި ހިމެނޭ ޝިފާންގެ ރެކޯޑަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މެއި މަހު

  • 29 މެއިގައި ޝިފާންގެ ފަރާތުން މިކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވޭ

"ހަމަ މިއާ އެކު، އަޅުގަނޑާ ބެހޭ ގޮތުން ޕީއެސްސީގެ ނިޒާމުގައި ރައްކާކުރެވިފައިވާ ބައެއް މައުލޫމާތާއި އަދި ހަގީގަތާ ހިލާފު އެތައް މައުލޫމާތެއް، ބައެއް ރަސްމީ އިދާރާތަކާއި ބައެއް ނޫސްތަކަށް، މި ނިޒާމު އެކްސެސް އޮތް ފަރާތަކުން 8 ނޮވެމްބަރުގައި [މިދިޔަ ހޮނިހިރުގައި] ހިއްސާކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައި،" ޝިފާންގެ ސިޓީގައިވެ އެވެ.

އެނގުން މުހިންމު - މަޖިލީހުގެ 241 ކޮމިޓީގައަށް ފޮނުވާފައިވާ ސިޓީގައި އެދިފައި ވަނީ، ޝިފާންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއަށް ތުހުމަތު ކުރެވޭ ގާނޫނާއި ގަވައިދާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބެއްލުމަށެވެ. އަދި އެ ސިޓީއާ އެކު އެ ދެ މީހުންނަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ވެސް ހިމަނާފައިވެ އެވެ.

ކޮމެންޓް (1)

ށަމްވީލް

10 ނޮވެމްބަރު 2025
ދެން ކޮށްފަ ހުރި ހުރިހާ ނުބައި ކަންތަކެއްގަ މަތި ޖަހަން އުޅޭނެ ކަމެއް ނެތް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް