ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ފެށި ދުވުން.

ދުންފަތް

ދުންފަތް މަނާވާ ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފަށައިފި

މިއާ އެކު، 1 ޖެނުއަރީ 2007ގެ ފަހުން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވުމަކީ ގާނޫނީ ކުށެއް

ޖެނުއަރީ 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ 'ޖެނެރޭޝަން ބޭން'އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ދުންފަތާ ބެހޭ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހަށް މިއަދު އަމަލުކުރަން ފެށުމާ އެކު ދުންފަތުން ރައްކާތެރި ޖީލަކަށް މަގުފަހިކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގައި މުހިއްމު އަދި ތާރީހީ ލަނޑުދަނޑިއެއް ހާސިލްކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ތަފްސީލް - ރާއްޖެއަކީ މުޅި ގައުމު ޝާމިލްވާހެން ޖެނެރޭޝަން ބޭން ތަންފީޒު ކުރާ ފުރަތަމަ ގައުމެވެ.

ގާނޫނުގައިވާ ގޮތުން:

  • 1 ޖެނުއަރީ 2007ގެ ފަހުން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވުމަކީ ގާނޫނީ ކުށެއް

  • ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމުގެ ކުރިން އެ މީހަކު ގާނޫނީ އުމުރު ހަމަވެފައިވާ މީހެއްތޯ ކަށަވަރުކުރަން ޖެހޭ

ފާހަގަކުރެވޭ - ޖެނެރޭޝަނަލް ބޭންއާ ގުޅިގެން މާލޭގައި 24 ގަޑިއިރު ދުވުމެއް ވަނީ ފަށައިފަ އެވެ.

ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވަން، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް 'ޖެނެރޭޝަނަލް ބޭން'އެއް ކަނޑައެޅުމަށް ފާސްކުރުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، އެއީ 'ޖެހިލުން ކުޑަ' ނިންމުމެއް ކަމަށް ބުނެ އެ ކަމަށް މަރުހަބާ ކިޔާފަ އެވެ.

ކޮމެންޓް (5)

ނުވާނެއޭ

1 ނޮވެމްބަރު 2025
ބިމުގެ ވިޔާފާރި ފެށުން އެއީ ރާއްޖޭން ކުރަން ޖެހޭނެ ކަމެކޭ ހަމައެކަނި ޓޫރިޒަމަށް ވެފައިިވާ ބަރޯސާ އަދި ވެސް ދާނީ ބޮޑުވަމުންނޭ ޓޫރިޒަމް މާރކެޓްގެ އެތެރެެއަށް ވަދެ އެޑޭޓާ މައިން ކުރާއިރު ރާއްޖެ އަދި ބޭނުންކުރަނީ ހަމަ އެކަނި ހޮލިޑޭ ހަދަން އަންނަ މީހުންނަށް އަމާޒު ކޮށް ޓޫރިޒަމް ބަދަލުގައި މައިސް ޓޫރިޒަމް އަދި ސެލެބްރިޓީން ބޮޑެތި ޓުއާރ ތައް ހަދަން ފެށުމުގެ ކުރިން އެމެން ބާއްވާ ރިހާރސަލް ތައް ހަދަން ރަނގަޅު މަންޒިލެއް މާލެ ސަރަހައްދުގައި ހުރި ބޮޑެތި ފަޅު ތައް ހިއްކައިގެން އިންޓަރގްރޭޓެޑް ޓޫރިޒަމް ތައާރަފް ކޮށްފިނަމަ އިންޓަރނޭޝަނަލް ސްޓާރުން ޓްއަރ ތައް ދިނުމުގެ ކުރިން އެމެން ޖައްސާ ރިހާރސަލް އެއީ ވަރަށް ބޮޑެތި ޚަރަދުކޮށްގެން އެމެން ކުރާ ކަމެކޭ އެކަމަށް އެމެން ބޭނުންވޭ ހިމޭން މާހައުލު އަދި ބޮޑެތި ތިއޭޓަރު ތައް އެމެން ޕްރެކްޓިސް ކުރަން މިކަން ކުރެވޭނެއޭ ރާއްޖޭގައި އެކަން ކުރާނެ ސިކުނޑި ތަކެއް ރާއްޖޭގެ ވަޒީރުންގެ މަޖްލީހަށް ބޭނުންވަނީ ރާއްޖެތެރެެއަށް ރައީސް މީހާ ގޮސް ބަނދަރު ގަނޑެއް ކްލާސް ރޫމެއް އަޅާދޭނަމޭ ބުނެ ވަގުތާއި ފައިސާ ބޭކާރު ކުރުން ހުއްޓާލާށޭ އެއީ ބޭކާރު ކަމެކޭ ކްލާސް ރޫމް ބޭނުމެއް ނުވާ
0 0

ތަމެންދޯ

1 ނޮވެމްބަރު 2025
ވެލާނާ އެއަރޕޯޯރޓްގެ ސަލާމަތީކަންކަން އޮތީ ފޫގޮސްފައި ކަން އެނގުނޭ ބޮޑެތި ވަގުންނާއި ބީއެމްއެލްގައި ވަގުންނާއި ގުޅިގެން ބީއެމްއެލްގެ އެތައް ލައްކަ ޑޮލަރެއް ފޭރިގެންއިރު ބީއެމްއެލްގެ ފައިސާ ވޮލެޓް ތައް އެއް ތަނުން އަނެއް ތަނަށް ގެންދާއިރު ސިފައިން ބަރުހަތިޔާރާއި އެކު އެކަން ކުރަން ޖެހޭނީ އެގޮތަށް އެކަން ނުކޮށް ބީއެމްއެލްގެ ވަގުން އެކަންނުކޮށް ގޮސް އެއަރޕޯރޓް ޓާރމިނަލް ތެރޭން އެފޭރިގަތުން އެއަރޕޯރޓް ގައި ޓެރެރިސްޓްހަަމަލާ އެއްވެސް ދެވިދާނެކަމެކޭ މިކަންކަން ސަރުކާރުގެ ސަމާލު ކަމަށް ނައުން އެއީ ސަރުކާރު ނާގާބިލް ކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ...
1 0

ލުކްވެލް

1 ނޮވެމްބަރު 2025
ބިން ރާއްޖޭގެ ކޮންމެ ތަނަކުން ހިއްކައިގެން ބިމުގެ ވިޔާފާރި ކާމިޔާބު ނުވާނެއޭ އެކަން ކުރަން ޖެހޭނީ ސްޓެްރެޓެޖިކް ލޮކޭޝަންސް ތަކުގައޭ ބިމުގެ އެންމެ އަގު ހުރީ މާލެ ސަރަހައްދުގައި ކަމުން ހުޅުމާލެ އަދި ހުޅުލެ އަދި މާލެ ހިއްކެން އޮތް އެންމެ ބޮޑު މިނަށް ހިއްކަންވީ ކަނޑުން ބަޔަކާއި އެކު މިސާލަކަށް މާލެ އާއި ވިލިގިލި ދެމެދު އޮތް ކަނޑުއޮޅި އާގު ބޯޓް ފަހަރު ތަކަށް ދަތުރު ކުރެވޭ ވަރުގެ ޗެނަލެއް ނީލަ ކޯރު އޮންނަ ގޮތަށް ހަދާ މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކަނޑު އޮޅި ހިއްކާލާނީ ހިއްކަމުން ދާނީ ގޮސް ރީތި ރަށާއި ޖެހެން ދެން އެގޮތުން ހިއްކާ ބިން ތަކުން ކޮންމެ 2 ހެކްޓަރުގެ ބިން ބިމެއް 150 މިލިއަން ޑޮލަރަށް އިންޓަރނޭޝަނަލް ހޮޓާ ޗެއިން ތަކަށް ވިއްކާލެވޭނެއޭ ދެން އެފަދަ ބިން ތަކުގައި އިންޓަރނޭޝަނަލް ޑޭޓާ ސެންޓަރު ހޮޓެލް ޓަވަރު ތަކާއި އެކު އެޅުމުން އެއީ ޔަގީނުން ވެސް މާލޭގެ އިގްތިސާދު 100 ގުނަ ބޮޑުވެގެން ދާނެ ކަމެކޭ ނަތީޖާ އަކީ މިހާރު ނަގަމުން އަންނަ ޖީއެސްޓީ އާއި ބީޕީޓީ އެއްކޮށް އުވާލާ މީރާ ވެސް އުވާލާ ބިމުގެ ވިޔާފާރި ކުރުން ރާއްޖޭން ފަށާ މުޅި ދުނިޔެ އަށް އާ އިގްތިސާދީ މޮޑެލް އެއް ދެއްކުމޭ
0 0

ވައި

1 ނޮވެމްބަރު 2025
މުހިންމު ތިން ކަމެއްގެ ފެށުމާ އެކު ރައީސްގެ ޝުކުރާއި މަރުހަބާ ކީ ނަމަވެސް ތިޔާއީ ވަރަށް ކޫސުނި ކަންކަމޭ ތިއިން ނިކުންނަ ރަނގަޅު ނަތީޖާ އެއް ސަރުކާރަށް އިވޭލުއޭޓް ކުރެވި އެފަދަ ޑޭޓާ ސެޓް ތަކުގެ ނަތީޖާ އޭއައި ޓޫލް އެއް މެދުވެރިކޮށް ނެތޭ ހޯދިފައި ވެރިކަމަކުން ކުރަން ޖެހޭނީ ތިޔާ ޒާތުގެ ޕެޓީ ކަންކަމެއް ނޫނޭ ވަރަށް ލާޖްކޮށް ޖައްސަން ޖެހޭނީ މިސާލަކަށް މާލެ އުތުރު ފަރާތުން 10 ކިލޯ މީޓަރު ހިއްކާ ކޮންމެ ހެކްޓަރެއްގެ ބިމެެއް 150 މިލިއަން ޑޮލަރަށް ވިއްކަން ފެށުން މީވެރިކަމަކުން ކުރަން ޖެހޭނެ ކަމަކީ ތަމެން ތިޔާ ކުރާ ކޫސުނި ކަންކަމުން ނިކުންނަ ނަތީޖާ އެއް ނެތޭ ޕަބްލިކް ރަންއަވޭ ވެން ދޭ ހިއަރ ދިސް ކޫސުނި ނިއުސް އައި ޑޯން ނޯ ވައި އައި ޑޯން ނޯ ވައި ދޭ ރަންއަވޭ ޔޫ ކުޑްންޓް އާސްކް މީ ވައި އައި ޑޯން ނޯ ވައި އައި ޑޯން ނޯ ވައި އައި ޑޯން ނޯ ވައި އައި ޑޯން ނޯ ވައި...
0 0

ލޮލް

2 ނޮވެމްބަރު 2025
@ވައި ބްރޯ ވަޓް؟ ހަހަހަހަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް