ސިނަމާލެ ބްރިޖްގައި ޓްރެފިކް ލައިޓަށް ސައިކަލުތަކެއް މަޑުކޮށްގެން (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓްވެއްޖެ

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް ވަނީ އަނިޔާވެފައި
31 އޮކްޓޯބަރު 2025

ސިނަމާލެ ބްރިޖް ހައިވޭގައި ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.

ތަފްސީލް - ފުލުހުން ބުނިގޮތުގައި މިއަދު އިރުއޮއްސުނު ގަޑީގައި، ސައިކަލު ދުއްވާފައި ދިޔައީ ހުޅުމާލެއިން މާލެއަށެވެ. އެ ސައިކަލު ގޮސް ޖެހުނީ، ހައިވޭގައި ޓްރެފިކަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ކަމަށް ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން 57 އަހަރުގެ ދިވެހި ފިރިހެނަކަށް ވަނީ އަނިޔާވެފަ އެވެ. އެގޮތުން:

  • އޭނާގެ ބޯ ފަޅައިގެން ގޮސް އަތަށް އަނިޔާވި

  • އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިގޮތް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް