ޕީއެންއެފްގެ ފުރަތަމަ ކޮންގްރެސްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވަނީ (ފޮޓޯ/ޕީއެންއެފް)

ފެންނަނީ ސަރުކާރުން އެއްވެސް ވައުދެއް ނުފުއްދާ އޮފުދާރު ކުރާތަން: ޔާމީން

ޕީއެންއެފްގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރައްޔިތުންނާ ގުޅޭ މަސައްކަތްތަކެއް ކުރާ ނަމަ ރައްޔިތުން އުޅޭނީ އުފާ ފާގަތިކަން މަތީ ކަމަށް

މިއަދު ފެންނަނީ ސަރުކާރުން އެއްވެސް ވައުދެއް ނުފުއްދާ އޮފުދާރު ކުރާތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ޔާމީން ވިދާޅުވީ ކަންތައް ރަނގަޅުކޮށް ރައްޔިތުންނަށް ލުޔެއް ހޯދައިދޭން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށެވެ.

ތަފްސީލް - ރައްޔިތުންނާ ގުޅޭ މަސައްކަތްތަކެއް ކުރާ ނަމަ ރައްޔިތުން ތިބޭނީ އުފާ ފާގަތިކަން މަތީކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އޭރުން ރައްޔިތުން އުޅޭނީ ވެސް ތަނަވަސްކަމުގައި ކަމަށެވެ. ނަމަވެސް އެ މަންޒަރު ރާއްޖެއިން މިއަދު ނުފެންނަކަން ފާހަގަކުރެއްވި އެވެ.

"އާސަންދައިގެ ޝަކުވާއެއް ނުކުރާނެ. ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ޑޮލަރުކޮޅު ގަންނަން ނުލިބޭ ވާހަކައެއް ނުދައްކާނެ. ޑޮލަރު އަގުބޮޑު ވާހަކައެއް، ތަކެތި އަގުބޮޑުވާ ވާހަކައެއް ނުދައްކާނެ. ޖަލުތަކަށް ހުކުމް މިހާރު ކޮށްފައި މިލާ ގޮތުގެ ވާހަކައެއް ނުދައްކާނެ. ޖުޑިޝަރީއަށް އަތްބާނާ ވާހަކައެއް ނުދައްކާނެ،" ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންނަށް އިސްކަންދީގެން މަސައްކަތްކުރާ ނަމަ ސަރުކާރުގެ ހިންގުމަށް 'އޭ' ރިޕޯޓެއް ލިބޭނެ ކަމަށާއި ނަމަވެސް، ޔާމީން ވިދާޅުވީ، މިއަދު އެ މަންޒަރު ނުފެންނަ ކަމަށެވެ.

"މިއަދު ޕާފޯމަންސްއަށް މި ފެންނަނީ ނުކުރެވި ކަންތައްތައް ހުއްޓާ ކަންތައްތައް ކުރެވޭނެ ކަމަށް ވާހަކަ ދައްކާފައި އޮފުދާރު ކުރާތަން. ހަގީގަތުގައި ވެސް ޕޮލިޝް މި ކުރަނީ. އެކަމަކު ހަމަ ސްކްރެޗްކޮށްލާފައި ބައި ސެންޓިމީޓަރާ ހަމައަށް ދާއިރު އެ ފެންނަނީ ހަމަ ނަޖިސް. ހަމަ ގަދަޔަށް އޮފުދާރު ކުރާތަން މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ސިފަކުރެއްވީ އެއީ ދަޅަ ދެއްކުން ކަމަށެވެ.

"ހިދުމަތް ނުދެވޭކަމަށް ވަންޏާ ދެން ޖެހޭނީ ހިދުމަތް ދޭ ކަމަށް ވާހަކަ ދައްކައިގެން އޮފުދާރު ކުރުުވަން. އެކަންކަން ކުރުވަންވެގެން އެތައް ބައިވަރު، އެތައް ހާސް ސިޔާސީ މަގާމުތަކެއް އުފައްދަނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ:

  • މިއަދުގެ ސިޔާސީ ބަހުރުވައިން އެއަށް ކިޔަނީ 'ގްލޮސީ ގަވަނަންސް'

  • އަންނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު އެއަށް ފައިސާ ހޯދާނެ ގޮތެއް ނެތް. އެއީ ވެސް ރައްޔިތުންނަށް ދަޅަ ދައްކަން ކުރި ކަމެއް

ކޮމެންޓް (1)

ވައި

31 އޮކްޓޯބަރު 2025
އިމާރާތް ކުރުމުގެ ދާއިރާ މާލެ ސަރަހައްދުގައި އެބަޖެހޭ ކޮޕީ ޕޭސްޓް ނުކޮށް ކްރިއޭޓިވް އުސޫލުން އިނޮވޭޓިވް ބައިވާރކް މިއުސޫލުން 3 ކިލޯ މީޓަރު ދިގު 5 ކިލޯ މީޓަރު ފުޅާ މިނުގެ ފުޓް ޕްރިންޓް ހިމެނޭ ޕްލޮޓެއްގައި 1 ހެކްޓަރުގެ ފްލޯރ ސްޕޭސް އެއީ ވަކިން ވިއްކާ ފްލޯރ ސްޕޭސް ކަމަށް ހަދާ 150 ބުރީގެ އިމާރާތެއް ކުރަން އެފަދަ އިމާރާތެއްގައި ލިފްޓް ފީންނެއް ވެސް ހުންނާނެއޭ އެމްއީޕީ ލައިންސް ތަކަށް ކޮންކްރީޓް ސްލެބް ނުތޮރުފާ ގޮތަށޭ ހަދަން ޖެހޭނީ މިވިޔާފާރި އެބަޖެހޭ ތައާރަފް ކުރަން އައި ސޯ ޔޫ ޑާންސިންގް އިން ދަ އޯޑިއެންސް ޔޫ ލުކް ސޯ ހެޕީ ވެން ޔޫއާރ ސިންކް ވިދް ކްރައުޑް ޓިއަރ ޑްރޮޕްސް އާރ ވައިޕްޑް އައުޓް ފްރޮމް ދެއަރ ޗީކްސް އޯއް އައި ޑޯން ނޯ ވައި އައި ޑޯން ނޯ ވައި ޔޫ މޭކް ދެމް ހެޕީ އައި ޑޯން ނޯ ވައި އައި ޑޯން ނޯ ވައި އޯއް އޯއް އޯއް އައި ޑޯން ނޯ ވައި...
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް