ޕީއެންއެފްގެ ކޮންގްރެސްގައި ޕާޓީގެ ރައީސް ޔާމީން މިރޭ ވޯޓުލައްވަނީ (ފޮޓޯ/ޕީއެންއެފް)

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބަކަށް ދަރިކަލުން ޒޭން އާއި ޖަމީލް

މިރޭގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އަރިހުގައި ޕާޓީގެ މަސައްކަތުގައި އިސްކޮށް ތިއްބެވީ ވަފާތެރިން ކަމަށް

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފުރަތަމަގައުމީ ޖަލްސާ ބާއްވާ، ޕާޓީގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ އިންތިހާބުކޮށްފި އެވެ.

ވީ ކިހިނެއް؟ - އާޓިފިޝަލް ބީޗުގައި އޮތް ގައުމީ ޖަލްސާގައި ޕީއެންއެފްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ޔާމީން އެކަންޏެވެ.

ތަފްސީލް - މިރޭގެ ކޮންގްރެސްގައި ޕާޓީގެ ދެ ނައިބު ރައީސުންގެ އިތުރުން ރެޖިސްޓްރާ އަދި ސެނެޓުގައި ތިބޭ 14 މެންބަރުން ވެސް އިންތިހާބުކުރި އެވެ.

ޕީއެންއެފްގެ ނައިބު ރައީސުންނަށް ހަމަޖެއްސީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އާއި ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

  • ރައީސާއި ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލެއްވީ އެ އެބޭފުޅުން އެކަނި؛ އެހެންކަމުން އޮޓަމެޓިކުން މަގާމުތަކަށް ވަނީ އިންތިހާބުވެފައި

ޕާޓީގެ އިސް މަގާމުތަކަށް ދެން އިންތިހާބުކުރި ބޭފުޅުންގެ ތެރޭ ހިމެނެނީ:

  • ސެކްރެޓަރީ ޖެނެރަލް: މުހައްމަދު މަލީހް ޖަމާލް

  • ޓްރެޒަރާ: މުހައްމަދު މުސްތޮފާ

ޕީއެންއެފްގެ ރެޖިސްޓްރާގެ މަގާމަށް ނިހާދު މުހައްމަދު އަލީ (ޕެރިސް) އާއި އަލީ ޝިޔާން ނާޝިދު ވާދަކުރެއްވި އިރު 219 ވޯޓުން ކާމިޔާބުކުރެއްވީ ޝިޔާން އެވެ. ނިހާދަށް ލިބުނީ 117 ވޯޓެވެ.

ޕާޓީގެ ސެނެޓަށް 48 މީހުން ކުރިމަތިލީއިރު އެ މަގާމުތަކަށް ހޮވުނު 14 ބޭފުޅުންނަކީ:

  • އާދަމް އާސިފް (އާސިއްޕެ)

  • އަހުމަދު ފަޔާޒު އަލީ (ޕާޕާ)

  • އަބްދުﷲ ސަމަދު (ސަމަދުބެ)

  • ޝަރީފާ ސައީދު

  • ހަލީމަތު ޒުހައިރާ

  • އަލީ ޝާހު

  • ނާއިފް ޝައުކަތު

  • ފާތިމަތު ރަހުމާ

  • މުހައްމަދު އަބްދުއްލަތީފް

  • އަދުލީ އިސްމާއިލް

  • އަބްދުﷲ ސަހީލް ޖަލީލް

  • މުހައްމަދު މައިޒަރު އާދަމް ޒާހިރު

  • ޑރ. އަބްދުﷲ އިބްރާހިމް

  • އައިޝަތު ހަފީޒް

މިރޭގެ ޖަލްސާގައި ޔާމީން ވަނީ އެމަނިކުފާނުގެ ކެޕްޓަންކަމުގައި ޕާޓީ ކުރާ ދަތުރުގައި ފަޅުވެރިންގެ ފަރާތުން އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަރިހުގައި ޕާޓީގެ މަސައްކަތުގައި އިސްކޮށް ތިއްބެވީ ވަފާތެރިން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް