2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުން (ފޮޓޯ/މަޖިލިސް)
އަންނަ އަހަރު އިގްތިސޯދު %5.3ގައި ކުރިއަރާނެ ކަމަށް ލަފާކޮށްފި
އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު %5.3ގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުން ފެށިގެން 2028 ވަނަ އަހަރާއި ދެމެދު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން އެވްރެޖުކޮށް %4.9ގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ތަފްސީލް - އިގްތިސޯދީ ދުވެލި ރަނގަޅުވާނެ ސަބަބުތައް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ފުރިހަމައަށް ބޭނުންކުރަން ފަށާ ރީޖަނަލް އެއާޕޯޓުތަކަށް ގެންނަމުން އަންނަ ކުރިއެރުންތަކާއެޖު އަންނަ އަހަރު އަދި މެދުރާސްތާގައި ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން:
-
ފަތުރުވެރިކަމާ ގުޅުންހުރި އެހެން ސިނާއަތްތައް ވެސް ކުރިއަރާނެ ކަމަށް ލަފާކުރެވޭ
-
ޕީއެސްއައިޕީއަށް ކުރާނެ ހަރަދަށް ރިއާޔަތްކޮށް، ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓު ދާއިރާ އެވްރެޖުކޮށް %3.1 ކުރިއަރާނެ ކަމަށް ލަފާކުރެވޭ
ފާހަގަ ކުރެވޭ - އަންނަ އަހަރަށް ލަފާކޮށް 64.4 ބިލިއަން ރުިފޔާގެ ބަޖެޓެއް މިއަދު ހުށަހެޅި އިރު، އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 40.4 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓުގެ ޖުމްލަ ހަރަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާގަ އެވެ.