ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް ކުރަނީ

ގުޅިފަޅު

ގުޅިފަޅު ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާން ފަހު ފުރުސަތު ދީފި

މިދިޔަ ސަރުކާރުން ފެށި 'ބިންވެރިޔާ' ސްކީމުގެ ދަށުން ގުޅިފަޅުން 2،000އަށް ވުރެ ގިނަ ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމާފައި

'ބިންވެރިޔާ' ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް ބިމުގެ އެއްބަސްވުމާއި ރަޖިސްޓްރީއާ ހަވާލުނުވެ ތިބި މީހުންނަށް އެ ކަމަށް ފަހު ފުރުސަތު ދޭން ނިންމައި އެޕޮއިންޓުމެންޓަށް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީ އާއި އެއްބަސްވުމުގައި ސޮއިކުރަން ދިގު މުއްދަތެެއް ދީފައިވާ ކަމަށެވެ.

ތަފްސީލް - އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމާއި ރަޖިސްޓަރީއާ ހަވާލު ނުވާ މީހުން އެއްބަސްވުން އަދި ރަޖިސްޓަރީއާ ހަވާލުވުމަށް 'ހިޔާވަހި' ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ:

  • މިއީ ގުޅިފަޅު އެއްބަސްވުން އަދި ރަޖިސްޓަރީއާ ހަވާލުވުމަށް ދެވޭ ފަހު ފުރުސަތު 

  • މި މުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓަށް ނޭދޭ ނަމަ އޭގެ ފަހުން އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތެއް ނުދޭނެ

އެޕޮއިންޓުމެންޓަށް އެދެން ޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

އެޕޮއިންޓުމެންޓަށް އެދޭއިރު ހުށަހަޅަން ޖެހޭ ލިޔުންތައް:

  • އެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާނެ އެކަކުގެ އައިޑީ ކާޑު ކޮޕީ

  • ބަދަލުގައި އެހެން މީހަކު ސޮއިކުރާ ނަމަ ޕޯޓަލްގައިވާ ޕަވާ އޮފް އެޓާނީގެ ނަމޫނާއާ އެއްގޮތަށް ރަޖިސްޓަރީކޮށްފައިވާ ނުވަތަ ޕަބްލިކް ނޯޓަރީގެ ކުރިމަތީގައި ސޮއިކޮށްފައިވާ ޕަވާ އޮފް އެޓާނީ އާއި އެޓާނީގެ އައިޑީ ކާޑުގެ ކޮޕީ

  • ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ

މިނިސްޓްރީން ބުނީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ މީހުންނާއި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ މީހުންނަށް ދޫކޮށްފައިވާ އެޕޮއިންޓްމަންޓް ކެންސަލްކުރާނެ ކަމަށެވެ. އެގޮތުން:

  • އެޕޮއިންޓްމެންޓަށް އެދޭ މީހުން އެއްބަސްވުމާއި ރަޖިސްޓްރީއާ ހަވާލުވުމަށް ދާންޖެހޭ ގަޑި އާއި ތާރީހު އަދި ތަން އެސްއެމްއެސް އިން އަންގާނެ

އެނގުން މުހިންމު - މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން 2،000އަށް ވުރެ ގިނަ ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 މީހެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް