ކުރެންދޫ ބަނދަރުގެ މަސައްކަތް ފެށުން (ފޮޓޯ/ރައީސް އޮފީސް)

ކުޑަ އެކްސްކެވޭޓަރަކުން ބަނދަރު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ

ޔާމީން ވިދާޅުވީ ރައްޔިތުންނަށް ފާޅުގައި ފާޑުކިޔަން ނުކެރޭ ނަމަ، ސިޔާސީ މީހުން އެ ވާހަކަ ދައްކާނެ ކަމަށް

އެމްޓީސީސީން ޅ. ކުރެންދޫ ބަނދަރުގެ މަސައްކަތް ކުރަނީ ކުޑަ ކެޕޭސިޓީއެއްގެ އެކްސްކެވޭޓަރެއް ބޭނުންކޮށްގެން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހއ. އަތޮޅު ކައުންސިލުން ދޭ 'ތިލަ އުތުރު އެވޯޑު' ހަފްލާ ޝަރަފުވެރިކޮށްދެއްވައި މިރޭ ވާހަކަ ދައްކަވަމުން ޔާމީން ވަނީ މިއަދު އެމްޓީސީސީއާ ހަވާލުކުރި ކުރެންދޫ ބަނދަރުގެ މަސައްކަތް ފެށިއިރު ކުޑަ އެކްސްކެވޭޓަރެއް ބޭނުންކޮށްގެން މަސައްކަތް ކުރާ ތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައިވާތީ އެ ކަމަށް އިޝާރާތް ކުރައްވައި ފާޑުވިދާޅުވެފަ އެވެ.

ތަފްސީލް - ޔާމީން ވިދާޅުވީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަދަ ކަންތައްތަކަށް އެންމެ ކުޑަވެގެން 3.5 ނުވަތަ 4 މީޓަރު ފުންމިނަށް ކޮނެވޭވަރުގެ އެކްސްކެވޭޓަރެއް ބޭނުންވާނެ ކަމަށެވެ.

"ކުރެންދޫ ބަނދަރަށްވީ ކިހިނެއްތޯ؟ އެމްޓީސީސީން މި ކަން މި ކުރަނީ 5 ޓަނުގެ އެކްސްކެވޭޓަރެއް ހިފައިގެން. ފަސް ޓަނުގެ އެކްސްކެވޭޓަރެއްގެ ކެޕޭސިޓީއަކީ 1 މީޓަރުގެ ފުންމިން،" ޔާމީން ވިދާޅުވި އެވެ.

"ކިހިނެއްތޯ އެ ބަނދަރު ރައްޔިތުން އެދޭ ވަރަށް ފުންކޮށްދެއްވާނީ؟ 5 ޓަނުގެ އެކްސްކެވޭޓަރަކުން ކުރެވޭނީ ކޮން މަސައްކަތެއްތޯ؟ 1 މީޓަރުގެ ފުންމިނަށް ކޮނެވޭނީ."

މިއަދު ފެށި އެ މަސައްކަތަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ފާޅުގައި ފާޑުކިޔަން ނުކެރޭ ނަމަ، ސިޔާސީ މީހުން އެ ވާހަކަ ދައްކާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް އެ ބޭނުންވެފައި ހުރި ކަންތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން މިރޭ ވިދާޅުވީ އެ މަނިކުފާނު އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވަން ވަޑައިގަތީ ރައީސް މުހައްމަދު މުއިއްޒަށް އެ ހަފްލާއަށް ވަގުތު ނުދެއްވުމުން ލިބިވަޑައިގެންނެވި ދައުވަތެއްގައި ކަމަށެވެ. އެ ހަފްލާއަށް ވަޑައިނުގެން ޅ. އަތޮޅަށް ރައީސް މިއަދު ދަތުރުފުޅެއް ފައްޓަވާފައިވާތީ ޔާމީން ވަނީ ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

28 އޮކްޓޯބަރު 2025
މިކަން ހިނގިގޮތް ބެލިއިރު، ޅ. ކުރެންދޫ ބަނދަރުގެ މަސައްކަތް އިފްތިތާހު ކުރުމަށް ސަރުކާރުވެ ބޮޑު ވަފްދެއް ވަޑައިގެން، މިނިސްޓަރ މުއްތަލިބު ވޯކީޓޯކީއަކުން ބަނދަރުގެ މަސައްކަތް އިފްތިތާހު ކުރެއްވިއިރު، ވޯކީޓޯކީ ނުބައި ފްރިކުއެންސީއެއްގައި ހުރެގެން ސިގްނަލް ދިޔަކަމަށްވަނީ އެރަށުގެ ކުޑަކުއްޖަކު ކުޅެން ގެންގުޅޭ ޓޯއީ އެކްސްކަވޭޓަރަކަށް ކަމަށްވަނީ. ދެން (ފޮޓޯއިން އެފެންނަ ގޮތަށް) އޭތި ވަގުތުން ބަނދަރަށް ފައިބައިގެން މިހާރު ބަނދަރު ފުންކުރަން ހަމަޖެއްސިވަރަށްވުރެވެސް ބޮޑަށް ފުންކުރެވިގެން އަލުން ތިލަކުރަން، ދުބާއީއިން ބޮޑު ހިލަ ގެނެވެންދެން މަޝްރޫއު މެދުކަނޑާލާފައިވާކަމަށް ވަނީ. އެހެންވީމާ މިއަކީ ބަޔަކު ޖެއްސުންކޮށް ފުރައްސާރަކުރާވަރުގެ ކަމެއް ނޫން. އެއަށްވުރެ ޓެކްނިކަލް ކަމެއް.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް