މާލޭ ކަލާފާނު ސްކޫލުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ވޯޓު ގުނުން ކުރިއަށްދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އައްޑޫ

އައްޑޫ ވޯޓު: ފޭދޫ އޮތީ ސިޓީ ކައުންސިލާ އެކު؛ ވަކިވާކަށް ބޭނުމެއް ނުވި

ފޭދޫގެ %72އަށް ވުރެ ގިނަ މީހުން ސިޓީ ކައުންސިލާ ވަކިވާން ބޭނުން ނުވާ ކަމަށް ވޯޓު ދިން
25 އޮކްޓޯބަރު 2025

އައްޑޫގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި، ވަކިން ކައުންސިލެއް ހެދުމަށް ފޭދޫގެ ގިނަ ބަޔަކު ނޫނެކޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ ތިން ރަށުގެ އިދާރީ ހިންގުން ވަކިކޮށްލުމުގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް މިއަދު ނެގި ވޯޓުގައި، ފޭދޫގެ ގިނަ ބަޔަކު ބޭނުންވީ މިހާރު އޮންނަ ގޮތަށް ސިޓީ ކައުންސިލްގެ ދަށުގައި އޮންނާށެވެ.

ތަފްސީލް - ފޭދޫގެ މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު:

  • ވަކި ކައުންސިލެއް އުފައްދަން ބޭނުންނުވާ ކަމަށް ވޯޓު ދިނީ %72.57 މީހުން

  • ވަކި ކައުންސިލެއް އުފައްދަން ބޭނުންވާ ކަމަށް ވޯޓު ދިނީ %26.12 މީހުން

މިއަދު ހެނދުނު ފެށި ވޯޓުލުން ހަވީރު 4 ޖެހުމާ އެކު ވަނީ ބަންދުކޮށްފަ އެވެ. މި ވޯޓު ކުރިއަށް ގެންދިޔައީ، ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.

މާލޭ ކަލާފާނު ސްކޫލުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ވޯޓު ގުނުން ކުރިއަށްދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިންމު - ވޯޓުގެ ކުރިން ވެސް ގިނަ ބަޔަކު ލަފާ ކުރީ، ވަކި ކައުންސިލެއް އުފައްދަން ފޭދޫ ބޭނުން ނުވާނެ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، އައްޑޫގެ މައި ރަށް ހިތަދުއާ އެއްފަސްގަނޑަކުން ފޭދޫ ގުޅިފައި އޮތުމުން އޭގެ ފައިދާ އެ ރަށަށް ކުރުމެވެ.

މި ވޯޓުގައި ވޯޓު ލުމުގެ ހައްގު 9،576 މީހުންނަށް ލިބުނެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަން (އީސީ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޯޓުލުން ބަންދުކުރުމާ ހަމައަށް ވޯޓުލާފައިވަނީ 4،510 މީހުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް