މިނިސްޓަރު އިހުސާން (ކ) އާއި މިނިސްޓަރު މާރިޔާ.

ޔޯގާ

ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލައިގައި އިހުސާން އާއި މާރިޔާއާ ސުވާލުކުރަނީ

މާރިޔާއާ ސުވާލުކުރަނީ ޔޯގާ ސްޓޫޑިއޯ ހުޅުވައިދެއްވީ ރައީސްގެ އިރުޝާދު ލިބިގެންތޯ. އިހުސާންއާ ސުވާލުކުރަނީ ޔޯގާ ހަރަކާތްތައް ހުއްދަކުރަން ރައީސްގެ އިރުޝާދު ލިބިވަޑައިގެންނެވިތޯ
24 އޮކްޓޯބަރު 2025

ޔޯގާ ސްޕާ ޕްރޮމޯޓު ކުރި މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އެ ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަން ހުށަހެޅީ ޔޯގާގެ ހަރަކާތްތައް ހިންގަން މިދިޔަ ސެޕްޓެމްބަރު މާލޭގައި ވެލްނަސް ސެންޓަރެއް ހުޅުވި މައްސަލައިގައި ސުވާލުކުރުމަށެވެ.

ތަފްސީލު - މާރިޔާ ހާޒިރުކުރަނީ އެ ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވުމުންނެވެ.

އޭނާއާ ކުރާ ސުވާލަކީ:

ޔޯގާގެ ހަރަކާތް ހިންގާނެކަން އާންމުކޮށް އިޝްތިހާރުކޮށްގެން، ފާއިތުވި ސެޕްޓެމްބަރު މަހުގެ 23 ގައި އަމިއްލަ ކުންފުންޏަކުން 'ބެލެންސް ސްޓޫޑިއޯ'ގެ ނަމުގައި މާލޭގައި ހިދުމަތް ދޭން ފެށި ވެލްނަސް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް މިނިސްޓަ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާ ވަޑައިގެންނެވީ އެކަން ކުރުމަށް ރައީސްގެ ހުއްދައެއް ނުވަތަ އިރުޝާދުފުޅެއް ލިބިވަޑައިގެންތޯ؟

މިނިސްޓަރު އިހުސާންއާކުރާ ސުވާލަކީ:

ބެލެންސް ސްޓޫޑިއޯގެ ނަމުގައި ފާއިތުވި ސެޕްޓެމްބަރު މަހުގެ 23ގައި އަމިއްލަ ކުންފުންޏަކުން މާލޭގައި ހިދުމަތް ދޭން ފެށި ވެލްނަސް ސެންޓަރުގައި ޔޯގާގެ ހަރަކާތް ހިންގާނެކަން އާންމުކޮށް އިޝްތިހާރު ކުރިއިރު އެކަން ނުހުއްޓުވި ސަބަބަކީ ކޮބައިތޯ؟ ޔޯގާގެ ހަރަކާތް ހިންގުން ހުއްދަ ކަމަށް ރައީސްގެ އިރުޝާދުފުޅެއް ލިބިފައިވޭތޯ؟"

ފާހަގަކޮށްލެވޭ ކަމެއް  - ޔޯގާއަކީ މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިއްބެވި އިރު ދެކޮޅުހެދި ހަރަކާތެކެވެ. މިދިޔަ ސަރުކާރުގައި 2022ގައި އިންޑިއާ އެމްބަސީން ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަށް ދީނީ ބައެއް އިލްމުވެރިންނާއި އާންމުން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުންތަކެއް ވެސް ހިންގި އެވެ. އެ އަމަލާ ގުޅިގެން ދައުވާކުރި ބައެއް މީހުންގެ ދައުވާ، މި ސަރުކާރުން ވަނީ އަނބުރާ ނަގައިފަ އެވެ.

އޭގެ ފަހުން އެ ދުވަސް ފާހަގަކުރަން ބޮޑު ހަރަކާތެއް ނުބާއްވައި އޮތުމަށް ފަހު މި އަހަރު ތާޖު މޯލްޑިވްސްގައި ވަރަށް ފުޅާކޮށް އެ ދުވަސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ހަރަކާތް  ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް